މޫސުން ގޯސްވެ ވިއްސާރަވާނެ ކަމަށް ލަފާކޮށް ވ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމަޔަށް ހުދު ސަމާލު ނެރެފިއެވެ.
ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނި ގޮތުގައި މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އާ ހަމަޔަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ވ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް މިވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން ބުނެފައި ވަނީ އެ ވަގުތުގެ ތެރޭގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއްދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުންވަނީ އެދިފައެވެ.
މީގެއިތުރުން މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއިއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ދީފައެވެ.

