އައްޑޫ ސިޓީ ހިތަދޫން އަނެއްކާވެސް ސީލެއް ފެނިއްޖެއެވެ.
ހިތަދޫ ބޭރުމަތި އަވަށު ފުއްޓަރުން މިއަދު ފެނިފައިވަނީ 8 ފޫޓްގެ ދިގު ބޮޑު ސީލެކެވެ. މިސީލް ފެނިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
މީގެ ހަފުތާއެއްހައި ދުވަސްކުރިން ވެސް ހިތަދޫ ކަނބިހާ ބީޗު ސަރަހައްދުން ވަނީ ސީލެއް ފެނިފައެވެ. އެސީލުގައި 3 ފޫޓް ހުންނާނެ ކަމަށް މަންޒަރު ދުށް މީހުން ވަނީ މީޑިޔާއަށް މައުލޫމާތު ދީފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ނުވަތަ އެކި ފަހަރުމަތިން ބެހިގެން އަންނަ ސީލް އަދި އެހެނިހެން ޖަނަވާރުތައް ހިފައި އެފަދަ ތަކެއްޗަށް ގޯނާކޮށް އުދަގޫކުރުން އީޕީއޭއިން މިވަނީ މަނާކޮށްފައެވެ.
އީޕީއޭއިން ބުނާގޮތުގައި ހިތަދޫއިން ދާދި ފަހުން ފެނުނު ސީލަކީ އިންސާނުންނަށް ގެއްލުންދޭ ވައްތަރުގެ ސީލެއް ނޫން ކަމަށެވެ. އެހެންކަމުން އެތަކެއްޗަށް އަނިޔާކޮށް ނުހެދުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

