އަލަމް ގިރި އާއެކު އެއްޖިންސުގެ ގުޅުން ހިންގި އިތުރު ބޭފުޅެއްގެ ވީޑިޔޯ ލީކު ވެއްޖެއެވެ.
ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ފިރިހެނަކާ އެކު ރާއްޖޭގެ ގިނަ އަދަދެއްގެ ފިރިހެނުން އެއް ޖިންސުގެ ގުޅުން ހިންގި މައްސަލަތައް ފެންމަތިވެފައިވާއިރު މިފަހަރު ލީކުވި ވީޑިޔޯއިން ފެނިގެންދަނީ ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ ވެރިއަކަށް ހުންނެވި އެމްޑީޕީގެ އެކްޓިވިސްޓް އިބްރާހިމް ރާފިއު ކަމަށް ބެލެވޭ މީހަކު އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގާ މަންޒަރެވެ.
އެމްޑީޕީގެ ޖަލްސާތަކުގައި ގުރުއާން ކިޔަވާ ރާފިއު ހުންނެވީ ޤުރުއާނާއި ބެހޭ މަރުކަޒުގެ އިސްވެރިޔާގެ މަގާމުގައެވެ.
އަލަމް ގިރި މަޅީގައި ޖެހި އޭނައާއި އެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ އިތުރު ބޭފުޅުންގެ ވީޑިއޯތައްވެސް މިވަނީ ލީކް ވެފައެވެ. ދިވެހި 250 އަށް ވުރެ ގިނަ ބަޔަކު އަލަމް ގިރި އާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފެންމަތިވެފައިވާއިރު އޭގެ ތެރެއިން ފަސްވަރަކަށް މީހުންގެ ވީޑިއޯ ވަނީ އާންމު ވެފައެވެ. އޭގެތެރޭގައި ފުލުހުންނާއި ކަސްޓަމްސް އޮފިސަރުންނާއި ޓީޗަރުންނާއި ސިޔާސީ ބައެއް ފަރާތްތަކާއި އަދި ޕީޖީ އޮފީހުގެ ވަކީލުންވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެހެންނަމަވެސް މިމައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ 3 މީހެކެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހެއް ކަމަށްވާ އަބްދުއްރަހްމާން ރަފީއު(ދޮންދިގު)އެވެ.
މިހާރަކަށް އައިސް އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް ގިނަ ވަމުންދާއިރު ވެސް އެމީހުންނާ މެދު ސަރުކާރުން ފިޔަވަޅު ނާޅާތީ އާންމުންދަނީ ސަރުކާރާއި ފުލުހުންގެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުން ދަނީ އެކަމާ ނުރުހުން ފާޅުކޮށް އިސްލާމީ ޝަރީއަތުގައި ބަޔާންކޮށްފައިވާ ފަދައިން އެއްޖިންސުގެ ގުޅުން ހިންގާ މީހުންނަށް ހައްޤު އަދަބު ދިނުމަށް ސަރުކާރަށް ގޮވަމުންނެވެ.

