ސޯޝަލް މީޑިއާ ނެޓްވޯކް ވަޓްސްއެޕްގެ ޕްރޫޕްތަކުގެ ޕްރައިވަސީ ފީޗާސްތަކަށް ބަދަލު ގެންނަން މެޓާ ގްރޫޕުގެ ވެރިޔާ މާކް ޒުކަބާގް ނިންމައިފިއެެވެ.
މާކް ޒުކަބާގް ބުނެފައިވަނީ ވަޓްސްއެޕް ގްރޫޕްތަކުން ނުކުންނަ ނުވަތަ ބޭރުކުރާ މީހުން ނޭގޭ ގޮތަށް ޕްރައިވަސީ ފީޗާސް ބަދަލުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
މިބަދަލާއެކު ވަޓްސްއެޕް ގްރޫޕްތަކަށް ވަދެ ނުކުންނަ އަދި ގްރޫޕްތަކުން ބޭރުކުރާ މީހުން އެގޭނީ ހަމައެކަނި އެޑްމިން އަށެވެ. އަދި އެޑްމިން ބޭނުންވެގެން ބޭރުކުރާ މީހެއްގެ ނަން ގްރޫޕުގެ އެހެން ބައިވެރިންނަށް ނޮޓިފައިވެފައި ނީންނާނެ ކަމަށް މާކް ޒުކަބާގް ބުނެ އެވެ.
މީގެ އިތުރުން މިބަދަލުތަކާއެކު އޮންލައިން ސްޓޭޓަސް އަރާފަ އިނުމުގެ ބަދަލުުގައި “ލާސްޓް ސީން” އެރުވޭގޮތް ހެދުމާއި ބޭނުންވާ ވަކި ބަޔަކަށް އެމީހަކު އޮންލައިންގައި އިންކަން ދެއްކޭގޮތަށްވެސް ހެދޭނެ އެވެ. މިބަދަލުތައް ފުރަތަމަ ފެނިގެންދާނީ އިނގިރޭސިވިލާތުގައި ވަޓްސްއެޕް ބޭނުން ކުރާ މީހުންނަށެވެ. މި މަސް ނިމުމުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގައި އަލަށް ގެންނަ މި ބަދަލުތައް ބޭނުން ކުރަން ފެށޭނެ ކަމަށް މެޓާއިން ވަނީ ބުނެފައެވެ.
މެޓާ ކުންފުނީގެ ބޭނުމަކީ ވަޓްސްއެޕް ބޫނުންކުރާ ފަރާތްތަކުގެ ސިއްރު ހިފަހައްޓާ އެންމެ ރައްކާތެރި ސޯޝަލް މީޑިޔާއަކަށް ވަޓްސްއެޕް ހެދުމެވެ.

