މާލެއިން އައްޑުއަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މާލެއިން އައްޑުއަށް ދަތުރުކުރަމުން ދިޔަ “ނިއުލައިން” ނަމަކަށް ކިޔާ މިބޯޓު ފަރަށް އެރިއިރު އެބޯޓުގައި 16 މީހުން ދަތުރުކުރަމުން ދިޔައެވެ. އަދި މިހާދިސާ ހިނގާ ދިޔަ ކަމުގެ ރިޕޯޓް ކޯސްޓްގާޑަށް ލިބުނީ ރޭ ފަތިހު 3:25 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
“ނިއުލައިން” ބޯޓުން ދަތުރުކުރި މީހުންގެ ހާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވަނީ މަޢުލޫމާތުދީފައެވެ.
ބޯޓު ފަރަށް އަރާފައިވަނީ ރޭ މެންދަމުން އަލިވެ 3:00 ހާއިރުއެވެ. މުދާ އުފުލާ މިބޯޓް އެރީ ލ.މާމެންދޫގެ އުތުރު ފަރަށެވެ. ބޯޓުގައި ހުރި މުދާ ލ.މާމެންދޫއަށް ބޭލުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

