ބައި އިލެކްޝަން: ޚަރަދު ބޮޑު، ބޮލުގެ ވެސް ރިހުމެއް

ކޮންމެ ރަށެއްގައި ވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ އަންހެނުންގެ ކޮމިޓީއެއް އޮވެއެވެ. އެ ކޮމިޓީއަށް މެމްބަރުން އިންތިޚާބު ކުރުމަކީ މާލޭގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެކެވެ.
އިލެކްޝަންސް ކޮމިޝަނުން މި ފަހަކަށް އައިސް އެންމެ ގިނައިން ކުރާ މަސައްކަތަކީ އެ ކޮމިޓީތަކަށް މެމްބަރުން އިންތިޚާބު ކުރުމެވެ. އަބަދުވެސް އޮންނަނީ ކޮންމެ ވެސް ރަށެއްގައި ބައި އިލެކްޝަނެއް ބާއްވަން ޖެހިފައެވެ. ކައިރި ކައިރީގައި އިންތިޚާބު ބާއްވަން ޖެހުމުން އެކަމުގެ ބުރަ ބޮޑުވަނީ އިލެކްޝަން ކޮމިޝަނަށެވެ. އެ ކޮމިޝަނުގެ ޚަރަދުތައް ދަނީ އިންތިހާއަށް ބޮޑުވެގެންނެވެ. މިހެންވެ އެ ކޮމިޝަނަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ބާއްވާ އިންތިޚާބުތަކުން އެދެވޭ ނަތީޖާއެއް ނުނުކުންނާތީއެވެ. ޚަރަދާ އަޅާބަލާއިރު، ރައްޔިތުންގެ ޝައުޤުވެރިކަމެއް އެކަމަށް ނެތުމެވެ.
އެންމެ ފަހުން އިންތިޚާބު ބޭއްވި، އައްޑު ސިޓީގެ ހިތަދޫން ވެސް ފެނުނީ އެ މަންޒަރެވެ.
