ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ގެންދިޔަ ދެ ބޯޓެއް އެމްއެންޑީއެފުން އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މިއަދު ހެދުނުގެ ވަގުތެއްގައި ކޯސްޓްގާޑު ޝިޕް "ހުރަވީ" ޕެޓްރޯލް ކުރަމުން ދަނިކޮށް މަސްވެރިކަން ކުރަމުން ދިިޔަ ބޭރުގެ ދެ ބޯޓެއް ވަނީ އަތުލައިގެންފައެވެ. އަދި ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ކަމަށް ޝައްކު ކުރެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެ ދެ ބޯޓާކީ ކޮން ޤައުުމެއްގެ ބޯޓެއް ކަމެއް ހާމަކޮށްފައިނުވެއެވެ.
ހުއްދަނެތި ޤަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިގޮތަށް މަސްވެރިކަން ކުރަމުން ގެންދިޔަ ބޯޓުތައް މީގެ ކުރިންވެސް ވަނީި އަތުލައިގެންފައެވެ. އަދި އޭގެ ބައެއް ބޯޓުތައް މިހާރު ހުޅުމާލޭ ބަނދަރު ސަރަހައްދުގައި ވަނީ ބަދަރު ކޮށްފައެވެ.

