ފުލުހުން ތަހްގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގައި ތަހުޤީގަށް ހާޒިރުވުމަށް މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާ ތަކެތީގެ މައްސަލައެއްގައި ސުވާލު ކުރުމަށް ހާޒިރުވާން އަންގާފައި ވަނީ ސ. ހިތަދޫ/ އުނިތޮށިގެ، މުޙައްމަދު ނާޝިދު (52އ) އެވެ.
މަސްތުވާ ތަކެތީގެ މައްސަލައިގެ ތަހުޤީގަށް ނާޝިދު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި އާއިލާއަށް ވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން އަމަލުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން މިމަހު 21 ވަނަ ދުވަހު ހެދުނު 10:00 އަށް އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ނާޝިދު ހާޒިރުވުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.
ނާޝިދާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791366 އަށް ގުޅުއްވައި ހިއްސާކުރެއް ވުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

