3 އޮކްޓޯބަރު 2022 އަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި 3 އޮކްޓޯރަ 2022 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް “ޤައުމީ ފަތުރުވެރިކަމުގެ ދުވަސް” މިއަހަރު އޮކްޓޯބަރ 3 ވަނަ ދުވަހު ފާހަނގަ ކުރުމަށް ވަނީ ރައީސް އޮފީހުން ވަނީ ނިންމާފައެވެ.
ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަނގަ ކުރުމަށް މިދުވަސް ވަނީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރެއްވުމަށް ނިންމެވީ، ފަތުރުވެރިކަމުގެ 50ވަނަ އަހަރުގެ ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު 3ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.
ފަތުރުވެރިންގެ ދުވަހުގެ ގޮތުގައި އޮކްޓޯބަރ 3 ހަމަޖެއްސީ، އެ ތާރީހަކީ ރާއްޖޭގެ ފުރަތަމަ ރިސޯޓް، ވިހަމަނާފުށި 1972ވަނަ އަހަރު ހުޅުވާ ހިދުމަތް ދޭންފެށި ދުވަސް ކަމަށް ވާތީ އެވެ.

