ގދ ގެ ރިސޯޓެއް ކަމަށްވާ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމައިފިއެވެ.
2016 ވަނަ އަހަރު ހުޅުވުނު މިރިސޯޓްގައި 120 ކޮޓަރި އާއި 240 އެނދު ހުރެއެވެ. އަމާރީ ހަވޮއްޑާ ވިއްކާލަން ނިންމައި މި ރިސޯޓް ގަންނަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމުގެ ފުރުސަތު މިހާރު މިވަނީ ހުޅުވާލާފައެވެ.
މި ރިސޯޓް ގަންނަ ފަރާތަކަށް ދެ ފައިދާއެއް ލިބިގެންދާނެ ކަމަށް އަގުބޮޑެތި އިންވެސްޓްމަންޓްތައް ވިއްކައިދިނުމުގައި ފާހަގަކުރެވޭ ޖޭއެލްއެލްއިން ބުނެފައިވެއެވެ.
އެގޮތުން މިރިސޯތަކީ ހުޅުވުނު ފަހުން ގެއްލުން ނުވެ ހިންގަމުންދާ ރިސޯޓަކަށް ވާތީ ފައިދާވާ އިންވެސްޓްމަންޓެއް ވަގުތުން ލިބުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރިކުރަން ފުރުސަތު ރިސޯޓް ގަންނަ ފަރާތަކަށް ލިބިގެން ދިއުމެވެ.
މީގެ އިތުރުން އެ ބައެއްގެ އަމިއްލަ ބްރޭންޑްގައި ރިސޯޓް ހިންގުމުގެ ފުރުސަތުވެސް އެފަރާތަކަށް ލިބިގެންދާނެއެވެ.

