މާލޭގައި ގްރޫޕް މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބުނުގޮތުގައި ރޭ 11:30 އެހާކަންހާއިރު ހެންވޭރު އަސްރަފީ މަގުގައި ހުންނަ ޝާހީ ލޮޖް ގެސްޓު ހައުސްތެރޭގައި ހިންގި މިމާރާމާރީގައި ޒަޚަމްވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މިމާރާމާރީ ހިންގާފައިވަނީ ހަތަރު މީހުންގެ ގްރޫޕަކުން ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
މިމައްސަލައިގައި ފުލުހުންގެ ބަހެއް އަދި ލިބިފައިނުވެެއެވެ.

