ސްކޫލެއްގެ ދަރިވަރަކު އެހެން ދަރިވަރަކަށް ހަނގާކޮށް އަނިޔާ ކުރި މައްސަލައެއް ބަލަމުން ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިމައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިމައްސަލަ ސްކޫލާއި ގުޅިގެން ބަލަމުންދާ ކަމަށެވެ.
މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއިން ފެންނަގޮތުގައި ސްކޫލް ގަޑީގައި ކްލާސްތެރޭގައި، ފިރިހެން ދަރިވަރަކު އެހެން ދަރިވަރަކަށް ހަނގާކުރަމުން ދިޔައެވެ. ދެކުދިންގެ ދެމެދު ހަމަނުޖެހުން އުފެދި ކްލާސްތެރޭގައި އެހެން ދަރިވަރަކަށް އަނިޔާ ކުރަމުން ދިޔައިރު ދެން ތިބި ކުދިން އެކަން ހުއްޓުވަން މަސައްކަތް ކުރިތަން ވީޑިޔޯއިން ފެނިގެންދެއެވެ.
ސްކޫލްގެ ދަރިވަރަކު އަނިޔާ ލިބުނު ދަރިވަރުގެ ފޮތް އަތުލައިގެން އެފޮތުން އެ ކުއްޖާގެ ބޮލުގައި ތަޅަމުން ހަނގާ ކުރަމުން ގެންދިޔައިރު ކްލާހުގައި ދެންތިބި ކުދިންނަށް އެކަމާ ކަންބޮޑުވެގެން އެކަން ހުއްޓާލުމަށް އެކުއްޖާއަށް ވިސްނުވައިދެމުން ދިޔައެވެ.

