އެއް ޖިންސުން ގުޅުން ހިންގާ މީހުން މަރާލުމަށް ގޮވާލާ އިންޒާރުގެ ލިޔުމެއް ހަރުކޮށްފިއެވެ.
ހުޅުމާލޭ ޗެޕްސް ފިހާރައިން ހިނގާ ބްރޭންޑް އެމް ނަމަކަށް ކިޔާ ފިހާރައެއްގައި ހަރުކޮށްފައިވާ އިންޒާރުގެ ލިޔުމުގައި ބުނެފައިވަނީ އިސްލާމް ދީނުގައިވެސް އަދި މިމުޖުތަމައުގައިވެސް އެއްޖިންސުގެ ގުޅުން ހިންގާ މީހުންނަށް ޖާގައެއް ނެތް ކަމަށާއި ލިވާތު ކުރާ މީހުން މަރާލުމަށެވެ.
މިފިހާރައިގައި ހަރުކޮށްފައިވާ މިނޯޓިސް ފެނިފައިވަނީ މިއަދު ހެދުނުގައެވެ.
މިހާރަކަށް އައިސް ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖޭގައި ލިވާތުގެ މައްސަލަތައް މިވަނީ ފެންމަތިވެފައެވެ. މި މައްސަލަތަކުގައި ހިމެނޭ މީހުންނަށް އެއްވެސް އަދަބެއް ނުދީ މުޖުތަމައުއަށް ދޫކޮށްފައި ތިބުމުން ފުލުހުންނަށާއި ސަރުކާރަށް ދަނީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
މިފަދަ ދަނޑިވަޅެއްގައި ލިވާތުގެ މައްސަލަތައް ބެލުމަށް ފުލުހުން އިހުމާލުވަމުންދާތީ މީސްމީޑިޔާގައިވެސް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ސަރުކާރުގެ މަޤާމުތަކުގައި ތިބޭ މީހުން މިފަދަ އަމަލުތައް ކުރުމަކީ މިސަރުކާރު ފެއިލްވުން ކަމަށް ބުނެ ރައްޔިތުން ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެގޮތުން ނަބީލް (ޔާޔާ) ބިރަކާ ނުލައި ޓިކްޓޮކުގައިވެސް ބަރަހަނާވެ ވީޑީއޯ އަޕްލޯޑު ކުރާ މައްސަލާގައި މިހާތަނަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ނުފޫޒު ގަދަ އެތައް ބައެއް ހިމެނޭހެން ލީކުވެފައިވާ އެއް ޖިންސުން ގުޅުން ހިނގާ މައްސަލާގައި ހައްޔަރު ކުރެވުނު އެންމެން މިހާރު ވަނީ މިނިވަން ކޮށްފައެވެ.

