ކުޑަކުދިންނަށް ހާއްސަކޮށްގެން ދިވެހި ފުލުހުން ބާއްވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން، ބާއްވާ މި މުބާރާތުގައި އަގުހުރި ފައިސާގެ އިނާމުތައް ކަނޑައެޅިފައިވެއެވެ.
އެގޮތުން އެއްވަނަ ހޮވޭ ކުރެހުމަށް 5،000 ރުފިޔާ ކަނޑައަޅާފައިވާއިރު ދެވަނަ އަށް 3000 ރުފިޔާ އަދި ތިންވަނަ އަށް 2000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ތީމެއްގެ ގޮތުގައި ކަޑައަޅާފައި ވަނީ “ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި ފުލުހުން” ނެވެ. މި މުބާރާތަކީ 16 އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައެވެ.
މި މުބާރާތުގެ ކުރެހުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ އަންނަ ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހެއެވެ.

