މާލެއިން ފުރައިގެން ނ.އަތޮޅަށް ދަތުރުކުރަމުންދިޔަ ލަންދޫ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މާލެއިން ފުރައިގެން ނ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ދިޔަވެ ކ.ގާފަރު ފަރަށް އަރާފައިވާ ކަމުގެ ރިޕޯޓް މިއަދު ހެދުނު 10:55 އެހާކަންހާއިރު ލިބިފައިވާ ކަމަށާއި އެބޯޓުން ދަތުރުކުރި މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
އެމްއެންޑީއެފްގެ އިތުރުން ގާފަރު މީހުން އަދި އެސަރަހައްދުން ދަތުރުކުރަމުން ދިޔަ އެހެން އުޅަނދުތަކުންވެސް ވަނީ މިބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ބޯޓުން ދަތުރުކުރި މީހާރު ވަނީ ގާފަރަށް ގެންގޮސްފައެވެ.

