އިއްޔެ ހަވީރު ގދ.ތިނަދޫއިން ގެއްލިގެން ހޯދަމުން ދިޔަ ތިނަދޫ ކަސްޓަޑުގެއާގެ ހައްވާފާނު (ހައްވަހަންތަ)އަށް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ދާދި ދެންމެއަކު ނިޔާވެއްޖެއެވެ.
ހައްވަހަންތަ އިްޔެ ހަވީރުން ފެށިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ތިނަދޫ މިޔުޒިޔަމް ޕާކުގެ އުތުރަށް އޮންނަ ފަޅު ގޯއްޗެއްގެ ތެރެއިން ހައްވަހަންތަ ފެނުނުއިރު އޮތީ ހޭނެތިފައެވެ. ޑޮކްޓަރުން ބުނީ އުމުރުން 80 އަހަރުގެ ހައްވަހަންތަ އަށް ސްޓްރޯކެއް ޖެހިފައި ގިނަ ވަގުތު ވުމުގެ ސަބަބުން ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ.
އެހެންކަމުން ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ހައްވަހަންތަ މިވަނީ ނިޔާވެފައެވެ.
މާތް ﷲ މި މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

