ފ. ބިލެއްދޫގައި ހާމަކަން ބޮޑު ގޮތެއްގައި ބުދު ގެންގުޅުނު ބިދޭސީ މީހުން ހައްޔަރުކޮށްފިއެވެ.
ބިލެއްދޫ ކައުންސިލުން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި އެރަށުގައި މަސައްކަތެއް ކުރުމަށް ގޮސްތިބި ބިދޭސީންތަކެއް މަށިން ބުުދު ހަދައިގެން ބުދު ގެންގުޅުނު ކަމަށާއި އެބުދު މިހާރު ކަނޑު ފައްތާފައިވާ ކަމަށް ބިދޭސީން ބުނި ކަމަށެވެ. އަދި ރަށުތެރޭގައި ހާމަކަން ބޮޑު ގޮތެއްގައި ބުދު ގެންގުޅުނު ބިދޭސީން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ބުދު ގެންގުޅުނީ އެރަށުގައި މަސައްކަތް ކުރާ އިންޑިޔާއަށް ނިސްބަތްވާ ތިން ބިދޭސީންނެވެ.
މީސްމީޑީޔާގައި ދައުރުވަމުންދިޔަ ޕޮޓޯއަކުން ފެންނަ ގޮތުގައި ތިން ބިދޭސީއަކު އަތްމަތީގައި ބުދު ބަހައްޓައިގެން ރަށުތެރޭގައި ހިނގާފައި ދެއެވެ. މިފޮޓޯ ދައުރުވާން ފެށުމުން މިމައްސަލަ ހޫޫނުވެ، ފުލުހުން މިހާރު ދަނީ މިމައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.
އެބިދޭސީން ބުނާ ގޮތުގައި އެމީހުން ގެންގުޅުނު ބުދު އެމީހުން ވަނީ ކަނޑު ފައްތާފައެވެ. މިއީ ކިހާވަރެއްގެ ހަޤީގަތެއް ކަމެއް ބިލެއްދޫ ކައުންސިލުން ކަށަވަރުކޮށްފައި ނުވެއެވެ.

