މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފިއެވެ.
މިއަދު ހެދުނު 8:30 އިން ފެށިގެން މެންދުރު 2:30 އާ ހަމަޔަށް މިވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މިވަގުތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެއެވެ. އަދި ހުރިހާ ސަރަހައްދެއްގެ ކަނޑު ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މިއަދުގެ މޫސުމަށް ބަލާލާއިރު އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ19 މޭލާއި24 މޭލާއި ދެމެދު ބާރު މިނުގައި އެވެ. ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.
އެހެންކަމުން ހާއްސަކޮށް ކަނޑު ދަތުރު ފަރުތު ކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

