ހުއްދަނެތް ކާ ކުލައެއް އަޅައިގެން ތައްޔާރުކޮށްފައިވާ “ސްޓެއްލާ” ބްރޭންޑުގެ އައިސްކްރީމް ރާއްޖެ އެތެރެކޮށްފައިވާ ކަމަށާއި އެ ބާވަތުގެ އައިސްކްރީމް ޕައުޑަރ ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުއްދަ ނެތް ކާކުލަ އަޅައިގެން އުފައްދާފައިވާ އިޓަލީ ވިލާތުގެ ” ސްޓެއްލާ” ބްރޭންޑުގެ އައިސްކްރީމް ޕައުޑަރ ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް (އާރުއޭއެސްއެފްއެފް) އިން ދީފައިވާ ކަމަށެވެ.
މިއުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް އެއޮތޯރިޓިން ކުރިޔަށް ގެންދާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން “ސްޓެއްލާ” ބްރޭންޑުގެ އައިސްކްރީ ޕައުޑަރ ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.

