843 އެތުލީޓުންނާއެކު ގދ.އަތޮޅު ކައުންސިލް ޗެމްޕިއަންޝިޕް މިއަދު ފަށައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން 22 ޓީމް ހިމެނޭހެން ގދ.ތިނަދޫގައި މިއަދު ހެދުނު ވަނީ އެތްލެޓިކްސް ފަށާފައެވެ. އެހެންނަމަވެސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ. މިއީ ވަރަށް ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތެކެވެ.

ތިނަދޫގައި ކުރިޔަށް ގެންދިޔަ އެތުލެޓިކްސް މުބާރާތުގެ ތެރެއިން – ހުވަދޫ ފޮޓޯ: ވިންކްސް
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ތިނަދޫއަށް ވަޑައިގެންފައެވެ.
މިމުބާރާތުގެ މިއަދު ހެދުނު ބޭއްވުނުު އިވެންޓުތަކުން އެއްވަނަ ހޯދާފައިވާ ދަރިވަރުންނަކީ:
- ޑިސްކަސް އުކުން – 17 އަހަރުންދަށް (ފިރިހެން) – ހުސައިން އުޒައިން – މުހައްމަދު ޖަމާލުއްދީން ސްކޫލް
- ޑިސްކަސް އުކުން – 17 އަހަރުންދަށް (އަންހެން) – އާމިނަތު ރިފްޝާނާ – ފުވައްމުލަކު ސްކޫލް
- ޖެވެލިން އުކުން – 19 އަހަރުންދަށް (ފިރިހެން) – އިޔާޝް ހުސައިން – ގެމަނަފުށި ސްކޫލް
- ޖެވެލިން އުކުން – 17 އަހަރުންދަށް (ފިރިހެން) – ޒަފާން ހަސަން – ވާދޫ ޖަމާލުއްދީން ސްކޫލް
- ޝޮޓްޕުޓް – 17 އަހަރުންދަށް (ފިރިހެން) – އަހުމަދު ސާހިލް ސަމީރު – ގދ އަތޮޅު ތައުލީމީ މަރުކަޒު
- ލޯންގް ޖަމްޕް – 11 އަހަރުންދަށް (އަންހެން) – އިބާ އިސްމާއިލް ރަފީ – ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް
- 600 މީޓަރު ދުވުން – 13 އަހަރުންދަށް (ފިރިހެން) – ޔޫސުފް މީކާއީލް – ދާންދޫ ސްކޫލް
- 600 މީޓަރު ދުވުން – 13 އަހަރުންދަށް (އަންހެން) – އައިޝަތު ނިޒުހާ ޝާހިދު – ދާންދޫ ސްކޫލް
- 1500 މީޓަރު ދުވުން – 17 އަހަރުންދަށް (ފިރިހެން) – އަހުމަދު އަޝްހަމް ޖަމީލް – ދާންދޫ ސްކޫލް
- 1500 މީޓަރު ދުވުން – 17 އަހަރުންދަށް (އަންހެން) – ޒާރާ އާދަމް – ގދ އަތޮޅު ތައުލީމީ މަރުކަޒު
- 1500 މީޓަރު ދުވުން – 19 އަހަރުންދަށް (ފިރިހެން) – އަހުމަދު ރައުލް އައްސަދު – ވިލާ އިންޓަރނޭޝަނަލް ސްކޫލް
- 1500 މީޓަރު ދުވުން – 15 އަހަރުންދަށް (ފިރިހެން) – އިޒާން މުހައްމަދު – ދާންދޫ ސްކޫލް
- 1500 މީޓަރު ދުވުން – 15 އަހަރުންދަށް (އަންހެން) – އާމިނަތު މައީޒާ – ގދ އަތޮޅު ތައުލީމީ މަރުކަޒު
ގދ.އަތޮޅު ކައުންސިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ 26 ސްކޫލަކުން އެތުލީޓުން ވަނީ ތިނަދޫއަށް ޒިޔާރަތްކޮށްފައެވެ. ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާ ދެންނެވުމަށް މުޅިރަށް ވަނީ ޒީނަތްތެރިކޮށްފައެވެ.
ގދ އަތޮޅު ކައުންސިލުން ކުރިއަށްގެންދާ މިމުބާރާތް އިންތިޒާމުކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. ކްލަބުގެ މެމްބަރުންނާއި މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަނުން ހިމެނޭ ގޮތަށް މުބާރާތުގައި 35 އޮފިޝަލުން ހަރަކާތްތެރިވާނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

