ތިނަދޫ ކައުންސިލް އޮފީސް ފުޓްސަލް މުބާރާތް 2022 މިރޭ ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ޖުމްލަ 11 ޓީމަކުން ބައިވެރިވާ މިމުބާރާތަކީ ހުވަދޫ ރެކްރިއޭޝަނާއި ގުޅިގެން ތިނަދޫ ކައުންސިލުން ބާއްވާ މުބާރާތެކެވެ. މިމުބާރާތް ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ތިނަދޫ އާރު އަވަށު ފުޓްސަލް ދަނޑުގައެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން މިރޭ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވި ޓީމުތަކަށް ބަލާލާއިރު ތިނަދޫ ކައުންސިލް، ރޯޑް ރެކްރިއޭޝަން ކްލަބު، ތިނަދޫ ޕޮލިސް، އެމްއެންޑީއެފް، ގދ އަތޮޅު ކައުންސިލް / ތިނަދޫ ޕަބްލިކް ވޯކްސް، އޭއެސްއެމްއެޗް، ދިރާގު، ފެނަކަ، ކޭޑީއެމް، އެސްޓީއޯ ތިނަދޫގެ އިތުރުން އެފްސީ އެސްއޭއައިޑީ ހިމެނެއެވެ.
މުބާރާތުގެ ގްރޫޕް އޭ ގައި 6 ޓީމަކުން ވާދަކުރާނެއެވެ. އެ ޓީމްތަކަކީ:
- ތިނަދޫ ޕޮލިސް
- ފެނަކަ
- ދިރާގު
- ރޯޑް ރެކްރިއޭޝަން ކްލަބު
- ތިނަދޫ ކައުންސިލް
- ރޯޑް ރެކްރިއޭޝަން ކްލަބު
- ޓީމް އެސްއޭއައިޑީ
ގްރޫޕް ބީ ގައި ވާދަކުރާ 5 ޓީމަކީ:
- އެސްޓީއޯ ތިނަދޫ
- ކޭޑީއެމް
- އޭއެސްއެމްއެޗް
- އެމްއެންޑީއެފް
- ގދ އަތޮޅު ކައުންސިލް
މިރޭގެ 20:30 ގައި އޮންނަ ފުރަތަމަ މެޗުގައި ވާދަކުރާނީ ގްރޫޕު ބީގެ އޭއެސްއެމްއެޗްއާއި ކޭޑީއެމް އެވެ. އަދި މިރޭ 21:20 ގައި އެމްއެންޑީއެފްގެ ޓީމާއި ތިނަދޫ އެސްޓީއޯ ބައްދަލުކުރާ މެޗު އޮންނާނެއެވެ.
މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ގްރޫޕް ސްޓޭޖުގައި ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކެވެ.
2021 ވަނަ އަހަރު ހަވަރު ސްޕޯޓްސްއާއި ގުޅިގެން ކުރިޔަށް ގެންދިޔަ އޮފީސް ފުޓްސަލް މުބާރާތުގައި ޗެމްޕިއަންކަން ހޯދީ ތިނަދޫ ޕަބްލިކް ވޯކްސްގެ ޓީމެވެ.
މުބާރާތުގެ ކޯ ސްޕޮންސަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ އެމްޓީސީސީ އާއި އެސްޓީއޯ އާއި އެފްއެސްއެމްގެ އިތުރުން މިފްކޯއެވެ.

