ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް މޫނަށް ތިން ފޫޓް ދަނގަޑެއް ހެރުނު މީހާގެ ހާލު މިހާރު ވަރަށް ސީރިޔަސް ކަމަށް އޭޑީކޭއިން ބުނެފި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ބުނާގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށްފަހު 8 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި މިހާރު އޭނަގެ ހާލު ވަރަށް ސީރިޔަސް ކަމަށެވެ. އެހެންކަމުން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ހޮސްޕިތަލުން ވަނީ މައުލޫމާތު ދީފައެވެ.
މާލޭގައި އިއްޔެ ހިގާދިޔަ މިހާދިސާއަކީ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތް ކުރާއިރު ފަރުވާ ކުޑަވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާއެކެވެ.
މަންޒަރުދުށް ފެނުނު މީހުން ބުނާގޮތުން ހާދިސާ ހިނގީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ވާޖަހައިގެން ވައި ގޮޅިން ދަގަނޑުތައް އެރުވުމުގެ ތެރެއިން ދަގަނޑު ބުރިއެއް ވެއްޓި މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހާގެ ހަށިގަނޑަށް ހެރުނީއެވެ.
މީސްމީިޑީޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ އަނިޔާ ލިބުނު މީހާގެ ނޭފަތަށް ދަގަނޑުގަނޑުގެ ބޮޑުބައެއް ހެރިފައިވާތަން ފެނެ އެވެ. އެ ވަގުތު ގިނަ އަދަދެއްގެ ލޭ ބިދޭސީ މީހާގެ ނޭފަތުން ފައިބާ މަންޒަރު ވެސް ފެނެ އެވެ. އަދި ދެ މަސައްކަތް ތެރިން އޭނާ ހިފަހައްޓާއިގެން ހުރި އިރު، ބިދޭސީ މީހާ ހުރީ އޭނާގެ ބަނޑުގައި އަތް އަޅައިގެންނެވެ. ބަޑަށް ހެރުނު ދަނގަޑު އޭނާގެ ބަނޑުގެ ފޫޅާއި ދިމާލުން ވަނީ ނިކުމެފަ އެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު ވެސް ގިނަ އަދަދެއްގެ ލޭ ފައިބަމުންދިޔަކަމަށް މަންޒަރުދުށް ފަރާތްތަކުން ވަނީ މީޑީޔާއަށް މައުލޫމާތުދީފައެވެ.
މިހާދިސާގައި އަނިޔާ ލިބިފައިވަނީ މަސައްކަތް ކުރަން އުޅުނު ބިދޭސީ މީހަކަށެވެ.
މީގެކުރިންވެސް ރާއްޖޭގައި މަސައްކަތް ކުރާ ސައިޓުތަކުގައި ފަރުވާކުޑަކުރުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާލިބި ބައެއް މީހުންގެ ފުރާނަވެސް ވަނީ ގޮސްފައެވެ. އެހެންކަމުން މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް އިދާރާ ތަކުން ދަނީ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރަމުންނެވެ.

