ދަތުރުކުރަމުން ދިޔަ ފެރީއަކުން މޫދަށް ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބުނު ގޮތުގައި މޫދަށް ވެއްޓި ނިޔާވެފައިވަނީ ގއ.ކަނޑުހުޅުދޫ ހީނާމާގޭ، އިރްފާން ނަމަކަށް ކިޔާ މީހެކެވެ.
ގއ.ގެމަނަފުށިން ފުރައިގެން އެއަތޮޅު ކަނޑުހުޅުދޫއަށް ދަތުރުކުރަމުން ދިޔަ ފެރީގައި ހުރި
ލަފާކުރެވޭ ގޮތުގައި އުމުރުން 24 އަހަރުގެ އިރްފާނު ނިޔާވީ މޫދަށް ވެއްޓި ގެބުނު ވަގުތު ސްޓްރޯކެއް ޖެހިގެންނެވެ. އޭނާއަކީ މީގެކުރިންވެސް ސްޓްރޯކް ޖެހޭ މީހެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 6 ޖަހާކަންހާއިރުއެވެ.

