ހުޅުމާލެއިން ޒުވާނަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 19 ސެޕްޓެމްބަރ 2022 ވަނަ ދުވަހު 19:00 އެހާކަންހާއިރު ހުޅުމާލެ އިން ޒުވާނަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި އުމުރުން 27 އަހަރުގެ މުޙައްމަދު އަޛުހާނު އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށެވެ.
މުޙައްމަދު އަޛުހާނު ގެއްލުނީ ހުޅުމާލެ ފޭސް ދޭކުންނެވެ.
ގެއްލިގެން ހޯދަމުންދާ މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

