ފިސްތޯލައެއް އޮތްކަމަށް ބުނި މީހަކު ހައްޔަރުކޮށް ތަހުޤީގު ފަށައިފިއެވެ.
މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހދ.ހަނިމާދޫ އެއަރޕޯޓުގެ މުވައްޒަފެކެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ އޮފިސަރަކު މީޑީޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން އެފަދަ މައްސަލައެއް ރިޕޯޓުކުރުމުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލު ކުރަމުންދާ ކަމަށެވެ.
ހަތަރު ގަޑިއިރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއަރޕޯޓްގެ މުވައްޒަފަކު ބުނެފައިވަނީ އޭނަގެ އަތުގައި ފިސްތޯލައެއް އޮތް ކަމަށެވެ. އެމީހާ މިހެން ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހަނިމާދޫ މަގުން ބޮޑުތިލަދުންމައްޗަށް ވަޑައިގެންފައިވަނިކޮށެވެ.
އެހެންކަމުން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

