އާ ޅެން: ރަޝީދާ އިބްރާހީމް
1 ރަބީޢުލް އައްވަލު 1444
އޭ! ލޯބިވާ ގައުމާއެވެ.
މިހިތުގައި ވަނީ އުދާސް ތަކެވެ.
އިންތިހާ ދަރަޖައިގެ ވޭނާއަސަރެވެ.
ތިބާއަށްޓަކައެވެ.
މިއަދު މިފާހަގަ ކުރަނީތިބާގެ ނަމެވެ.
ފަށުއި ޢިބާރާތްތަކާއި ފޮނި ލަފުޒުތަކުންނެވެ.
އަމުނާލެވޭ ވަޒަން ބަހުރުވައިންނެވެ.
އެހެނަސް އުފަލެއްނެތެވެ.
ތިބާގެ ބިން ސޫރަކޮށްދޭ ކުލަތަކެވެ.
ތިބާގެ ޅަދަރިންގެ އަދުގެ ހާލަތެވެ.
ތިޔަ ސާފު ފަސްބައި ތެމިފައިވަނީ އެދަރިންގެ ލެއިންނެވެ.
ޖިހާދީ ލެޔަކުންނޫނެވެ. އަޚުން އުޚުތުންގެ ލެއިންނެވެ.
މަސްތުގެ ހާލަތުގައި ވާތީއެވެ.
الله تعلى ނަހީ ކުރެއްވި ފާފަ ތަކުގައި ޣަރަގުވަނީއެވެ.
ބިރުވެރިކަމާއި ނާމާން ކަން ވަށައިލެވެނީއެވެ.
އޭ! ލޮބުވެތި ގައުމާއެވެ.
އަމާންކަމާއި މިނިވަން ކަމުގެ މާހައުލަކަށް އައީމުއެވެ.
ތބާގެ ލޮބުވެތި ދަރިންގެ ގުރުބާނީއެވެ.
ބުރަ މަސައްކަތާއި ޖިހާދެވެ.
ޝަހީދު އަލީގެ ފަހު ބަސްފުޅެވެ.
ޝާހީދެވެ ނޫންނަމަ ނަސްރެވެ.
ބޮޑު ތަކުރުފާނުގެ ޖިހާދާއި ހޯއްދެވި ކާމިޔާބެވެ.
ދޮންބަންޑާރައިން ގެނެނެވި ފަތަހައެވެ.
ޙުސައިން އާދަމްގެ ޠާހިރު ލެއިން ހޯއްދެވި ނަސްރެވެ.
މިއަދުއާކުރަނީ އެ ހަނދާން ތަކެވެ.
އެހެނަސް ކަރުނައާ އެކުގައެވެ.
މިދުލާއި ގަލަމުގައި މިއަދުވަނީ އުފާވެރި ތަހުނިޔާއެއްނޫނެވެ.
ތިބާދެކެ ލޯބިވާ ދަރިއެއްގެ ދުޢާއެވެ.
الله تعلى ގެ ރަޙުމަތަށް އެދިގެންނެވެ.
ސުލްޙަ މަޞްލަޙަތާއި އަމަން އަމާންކަމުގެ މަގު ދައްކަވާށިއެވެ.
އާމީން!

