ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފު، ޗެކްކުރި ކައްދޫ އެއަރޕޯޓުގައި މައްސައްކަތްކުރާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑް ކޮށްފިއެވެ.
“ތިލަދުން” މީޑީޔާއިން ހާމަކުރި ގޮތުގައި އެމީޑިޔާއަށް މައުލޫމާތު ހިއްސާކުރި ބޭފުޅަކު ބުނެފައިވަނީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަލް މަސައްކަތެއްގައި ބައިވެރިނުވެވޭ ގޮތަށް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އޮފިސަރެއް ސަސްޕެންޑްކޮށްފައި ވާ ކަމަށާއި އެސެކިއުރިޓީ ސަސްޕެންޑްކުރީ ޔޫތު މިނިސްޓަރ މަހުލޫފް ޗެކް ކުރުމުން ކަމަށެވެ.
އެމީޑިޔާގައި ބުނާ ގޮތުން މަހުލޫފް ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ފުރަން ހަމަޖެހިފައި އޮތީ އިއްޔެ ހެދުނު 6:15 ގައި ޗެކިންގ އޮތް މޯލްޑިވިއަން ފްލައިޓް ( Q2150 ) އިން ކަމަށެވެ. އެހެންކަމުން އެއަރޕޯޓްގެ ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފު މިނިސްޓަރަށް ދެންނެވީ ކޮމާންޑުގެ ޤަވާއިދާ އެއްގޮތަށް ޗެކް ވުމަށެވެ.
އެކަމާ ހިތްހަމަނުޖެހިގެން ކައްްދޫ އެއަރޕޯޓުން ނޫނީ މިގޮތަށް ޗެކު ނުކުރާކަމަށާއި އެއީ ކީއްވެ ވާގޮތެއްތޯ ވެސް މިނިސްޓަރ މަހްލޫފު ސުވާލުކުރި ކަމަށް މީޑިޔާއަށް ވަނީ މައުލޫމާތު ދީފައެވެ. އަދި ހަމައެއާއެކު އެސެކިއުރިޓީ އޮފިސަރ ބުނެފައިވަނީ ސެކިއުރިޓީ ޗެކިން ނުހެދުމަށް އޮންނަނީ ދައުލަތުގެ ވަކި ފަރާތްތަކެއް ކަަމަށް އަންގާފައިވާ ކަމަށެވެ.
ޗެކްކުރުމަށްފަހު ކައްދޫ އިން ފުރައިގެން މިނިސްޓަރ މާލެ ދިޔުމާއެކު މާގިނަ އިރެއްނުވެ މަހުލޫފް ޗެކްކުރި ސެކިއުރިޓީ އޮފިސަރ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑު ކުރަން ކޮނާމްޑުގެ ވެރިން ވަނީ އަންގަވާފައެވެ.
މިމައްސަލައިގައި ސަސްޕެންޑު ކޮށްފައިވަނީ އަންހެން މުވައްޒަފެކެވެ.

