ގއ.ކޫއްޑޫ މަސްފެކްޓްރީގެ ފުރާޅުމަތިން ވެއްޓި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރ 29 ވަނަ ދުވަހު ކޫއްޑޫގެ އިމާރާތެއްގެ ފުރާޅުމަތިން ވެއްޓުނު މީހާއަށް ގއ. ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެމީހާ ވަނީ ނިޔާވެފައެވެ.
ގއ އަތޮޅު ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުން ދަނިކޮށް ހާލު ސީރިޔަސްވެގެން އިތުރު ފަރުވާއަށް މާލޭ ފޮނުވައިގެން އައިޖީއެމްއެޗްގައި ފަރުވާ ދެވުނެވެ. އެހެންނަމަވެސް އިއްޔެ އިރުއޮއްސެން އުޅެނިކޮށް އެމީހާ ވަނީ ނިޔާވެފައެވެ.
އެމީހާ ވެއްޓުމުގެ ސަބަބުން ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
މިހާދިސާގައި ނިޔާވީ ކޫއްޑޫގައި މަސައްކަތްކުރާ އިންޑިޔާ މީހެކެވެ.

