ހުޅުމާލޭ ވޯޓާ ތީމް ޕާކުގެ މައްސަލަ އެޗްޑީސީން ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ހުޅުމާލޭ ވޯޓާ ތީމް ޕާކް ހެދުމަށް ވޯޓާ ފްރޮންޓް ހޮޓެލް އެންޑް ލޭޝަ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި ބިން ހަވާލު ކުރުން މަޑު ކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ. އެޗްޑީސީން މިމައްސަލަ އިއްޔެ ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ.
މިމައްސަލައިގައި މިދިޔަ ސެޕްޓެމްބަރ މަހު ހައިކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނިކޮށް ވޯޓަރ ފްރޮންޓް ކުންފުނިން ވަނީ އެކަން ހުއްޓުވައިދިނުން އެދި ހައިކޯޓަށް ސިޓީއެއް ހުށަހަޅާފައެވެ. އެހެންކަމުން ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އެ ކުންފުންޏަށް ފޮނުވާފައިވާ ސިޓީއަށް އަމަލު ކުރަން މަޑު ކުރަމަށެވެ.
ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ތަރައްޤީ ކުރުމަށް ވޯޓާ ފްރަންޓް ކުންފުންޏާ ހަވާލުކުރީ 2017 ވަނަ އަހަރުއެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން އެޗްޑީސީން ވަނީ ފާޅުކޮށްފައެވެ.

