ގދ.ތިނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ގދ އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް 1444 މިއަދު ފަށައިފިއެވެ.
ގދ.ތިނަދޫގައި ކުރިޔަށް ގެންދާ މި މުބާރާތް މިއަދު ފެށިގެން ކުރިޔަށް ގެންދާއިރު މިމުބާރާތުގައި ތިނަދޫގެ އިތުރުން އަތޮޅުގެ އެހެނިހެން ރަށްތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ގދ އަތޮޅުގެ 7 ރަށަކުން ބައިވެރިވެރިވެފައިވާއިރު އަމިއްލަ ޤުރުއާން ކުލާސް އަދި އަމިއްލަ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.
3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ގިނަ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެހެންކަމުން ޖުމްލަ 153 ކުދިން މިމުބާރާތުގައި ވާދަކުރާނެއެވެ.
ބައިވެރިންގެ އުމުރުފުރާ ތަކަށް ބަލާލާއިރު 6 އަހަރުން ދަށް، 9އަހަރުން ދަށް، 12އަހަރުން ދަށް، 15އަހަރުން ދަށް، 18އަހަރުން ދަށުގެ ބައިވެރިން ހިމެނެއެވެ.
ޤުރުއާން މުބާރާތް ކުރިއަށް ގެންދަނީ އެމްއެންޔޫ ތިނަދޫ ކެމްޕަހުގައެވެ.

