ގދ.ނަޑެއްލާ ކައިރިން ފަރަށް އެރި ބޯޓުގައި ތިބި 10 މީހުން ނަޑެއްލާއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި އިއްޔެ ފަރަށް އެރި ބޯޓުގައި ތިބީ 10 މީހުންނެވެ. އެމީހުން މިހާރު ނަޑެއްލާއަށް ގެންގޮސްފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.
މީގެއިތުރުން އެބޯޓު ފަރަށް އެރި ސަރަހައްދުގައި އެމްއެންޑީއެފުން ހަރަކާތްތެރި ވަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި އިއްޔެ އިރުއޮއްސި 18:21 ހާއިރު ރާއްޖޭގެ ފަރަށް އެރި މިބޯޓަކީ ޕާކިސްތާނުގެ ބޯޓެކެވެ.

