ގދ.ތިނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ގދ އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް 1444 ގެ އެއްވަނަ ތިނަދޫ ސްކޫލަށް ލިބިއްޖެއެވެ.
އޮގަސްޓު 06 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ގދ.ތިނަދޫގައި ބޭއްވި މި މުބާރާތުގެ ބަލައިގެން ކިޔުމާއި ނުބަލައި ކިޔުން އަދި ހާފިޒްކަމުގެ ގޮފިން އެއްވަނަ ތިނަދޫ ސްކޫލަށް ލިބުނުއިރު، ދެވަނަ ހާސިލްކޮށްފައިވަނީ އަބޫބަކުރު ސްކޫލުންނެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ.
މުބާރާތުގެ ނަތީޖާއަށް ބަލާލާއިރު:
މުޅި މުބާރާތުގެ ނުބަލައިގެން ކިޔުމުގެ ގޮފިން ވަނަ ހާސިލް ކުރި ދަރިވަރުން:
1 ވަނަ އާހިލް މުހައްމަދު ޒާހިރު ގދ.އަތޮޅު ތައުލީމީ މަރުކަޒު
2 ވަނަ ހައްވާ އައިރީން އަމްޖަދު ތިނަދޫ ސްކޫލް
3 ވަނަ ރާހިން ބިން މުހައްމަދު ހުވަދޫ ސްކޫލް
މުޅި މުބާރާތުގެ ބަލައިގެން ކިޔުމުގެ ގޮފިން ވަނަ ހާސިލް ކުރި ދަރިވަރުން:
1 ވަނަ މުހައްމަދު ޝަޔާން ޝިޒާން ގދ.އަތޮޅު ތައުލީމީ މަރުކަޒު
2 ވަނަ އައިޝަތު އަޒާޒާ ބިންތި ލަމްރަތު ޖައުފަރު ގދ.އަތޮޅު މަދަރުސާ
3 ވަނަ މަރިޔަމް އަމްނާ މުހައްމަދު ޝަރީފް ގދ.އަތޮޅު މަދަރުސާ
މުޅި މުބާރާތުގެ ބަލައިގެންނާއި ނުބަލައި އަދި ހާފިޒުކަމުގެ ގޮފިން ވަނަ ހާސިލް ކުރި ދަރިވަރުން:
1 ވަނަ މުހައްމަދު ޝަޔާން ޝިޒާން ގދ.އަތޮޅު ތައުލީމީ މަރުކަޒު
2 ވަނަ އައިޝަތު އަޒާޒާ ބިންތި ލަމްރަތު ޖައުފަރު ގދ.އަތޮޅު މަދަރުސާ
3 ވަނަ މަރިޔަމް އަމްނާ މުހައްމަދު ޝަރީފް ގދ.އަތޮޅު މަދަރުސާ އަދި އާހިލް މުހައްމަދު ޒާހިރު ގދ.އަތޮޅު ތައުލީމީ މަރުކަޒު
ބަލައިގެން ކިޔުމުގެ ގޮފިން ވަނަ ހާސިލް ކުރި ސްކޫލްތައް:
1 ވަނަ ސްކޫލް ގދ.އަތޮޅު މަދަރުސާ
2 ވަނަ ސްކޫލް ގދ.އަތޮޅު ތައުލީމީ މަރުކަޒު
3 ވަނަ ސްކޫލް ތިނަދޫ ސްކޫލް
ނުބަލައި ކިޔުމުގެ ގޮފިން ވަނަ ހާސިލް ކުރި ސްކޫލްތައް:
1 ވަނަ އަބޫބަކުރު ސްކޫލް
2 ވަނަ ތިނަދޫ ސްކޫލް
3 ވަނަ ގދ.އަތޮޅު ތައުލީމީ މަރުކަޒު
އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި ކުރިޔަށް ގެންދެވުނު މިމުބާރާތް ނިންމާލުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީގެ އިތުރުން ގދ އަތޮޅުގެ އެހެނިހެން ރަށްތަކުގެ ކައުންސިލްގެ ރައީސުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ގދ.ތިނަދޫގައި ކުރިޔަށް ގެންދިޔަ މިމުބާރާތުގައި ތިނަދޫގެ އިތުރުން އަތޮޅުގެ އެހެނިހެން ރަށްތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ގދ އަތޮޅުގެ 7 ރަށަކުން ބައިވެރިވެރިވެފައިވާއިރު އަމިއްލަ ޤުރުއާން ކުލާސް އަދި އަމިއްލަ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ. އެހެންކަމުން ޖުމްލަ 153 ކުދިން މިމުބާރާތުގައި ވާދަކުރިއެވެ.
ބައިވެރިންގެ އުމުރުފުރާ ތަކަށް ބަލާލާއިރު 6 އަހަރުން ދަށް، 9އަހަރުން ދަށް، 12އަހަރުން ދަށް، 15އަހަރުން ދަށް، 18އަހަރުން ދަށުގެ ބައިވެރިން ހިމެނެއެވެ.

