ގދ.ތިނަދޫ ފަޅުތެރެއިން މަރުވެފައި އޮތް 30 ފޫޓްގެ ބޮޑު މަހެއް ކުނިވެގެން އޮޔާ ދަނިކޮށް ފެނިއްޖެއެވެ.
ދާދި ދެންމެއަކު ގަލެހިރިމަގު ބައްތި ކައިރީ ކުދި މަސް ނަގަން ގޮސް އުޅުނު ބަޔަކަށް މިމަސް ވަނީ ފެނިފައެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން އެފަރާތުން ބުނެފައިވަނީ އެއީ 30 ފޫޓުގެ ބޮޑު މަހެއް ކަމަށާއި އެމަސް އޮތީ ކުނިވެފައި ކަމަށެވެ.

ކުނިވެފައި އޮތް 30 ފޫޓުގެ ބޮޑުމަސް- ފޮޓޯ: އާތިރު
މިމަސް ފެނިގެން ރިޕޯޓްކޮށްފައިވަނީ 12:30 ހާއިރުއެވެ.

