ޔުނިކް ސްޕޯރޓްސް ކްލަބުން ތިނަދޫގައި ކުރިޔަށް ގެންދާ 8 ބޯލް ބިލިއާރޑް މުބާރާތުގެ ކުއާޓާރ ފައިނަލް މެޗުތައް މިރޭ ފެށިގެންދާނެއެވެ.
މިމުބާރާތުގެ މިހާރު ކުރިޔަށް ދަނީ ޕްރީ ކުއާޓާރ ފައިނަލްގެ މެޗުތަކެވެ. ވިނާސް ސައިޑް ކުޅެވޭނީ އެންމެ މޮޅު 5 ފްރޭމަށެވެ. ލޫޒާސް ސައިޑް މެޗްތައް ކުޅޭނީ އެންމެ މޮޅު 3 ފްރޭމަށެވެ.
މިހާތަނަށް އައިއިރު މިމުބާރާތުން ގިނަ ކުޅުންތެރިން ކަޓާފައިވާއިރު ރޭ ކުޅެވޭނީ ލޫޒާރސް ބްރެކެޓް ގެ 8 މެޗެވެ.
ޔުނިކް ސޯޝަލް ސެންޓަރ ގަައި ކުރިޔަށް ދާ މި މުބާރާތަކީ ތިނަދޫގައި މިހާ ބޮޑުކޮށް ބޭއްވޭ ބިލިއާރޑްގެ ފުރަތަމަ މުބާރާތެވެ.
ޑަބަލް އެލިމިނޭޝަންގެ 64 މެޗް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތަކީ ފައިސާގެ ބޮޑެތި އިނާމްތަކާއެކު ތިނަދޫގައި ބޭއްވިގެންދާނެ މިލެވެލްގެ ފުރަތަމަ މުބާރާތެކެވެ.
މުބާރާތުގެ ޗެމްޕިއަން އަށް 7،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. ދެވަނައަށް ހޮވޭ ފަރާތަށް 3،000 ރުފިޔާ ލިބިގެންދާއިރު ސެމީ ފައިނަލަށް ދާ ފަރާތްތަކަށް 1500 ރުފިޔާ، ކުއާޓާ ފައިނަލަށް ދާ ފަރާތްތަކަށް 500 ރުފިޔާގެ އިނާމެއް އެ ކްލަބުން ވަނީ ހުށަހަޅާފައެވެ.

