މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތު ބާއްވާ އަދި ތިނަދޫ ކައުނަސިލުން އިންތިޒާމް ކޮށްގެން ހިންގާ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގައި ބައިވެރިވި ރަށުން ބޭރު ޓީމުތަކަށް ތިނަދޫ އިން ހޫނު މަރުހަބާއެއް ކިޔަން ފަށައިފިއެވެ.
އެގޮތުން އިއްޔެ އިން ފެށިގެން ތިނަދޫ އަށް އައި ޓީމުތަކަށް މަރުހަބާ ކިޔުމަށް ގދ ތިނަދޫ ކައުންސިލުން ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. ރަސްމީ ފާލަމުން މަރުހަބާ ފެށުމާއި އެކު މަރުހަބާ ޚާއްޞަ ގިޑިގެ ކައިރީގައި ޓީމާއި އެކު ފޮޓޯ ނެގުމަށް ފަހު ސަޤާފީ ބެރާއި ލަވަ ކިޔުމާއި އެކު ރިފްރެޝްމެންޓް ހޯލާ ހަމަޔަށް ގެންދިޔުމަށް ފަހު މުބާރާތްގެ ތައާރަފު ދިނުމާއި އެކު އެކޮމަޑޭޝަން ތަކަށް ވާސިލުވުމާ ހަމަޔަށް ތިނަދޫ ކައުނަސިލުން ދަނީ ޙަރަކާތްތެރި ވަމުންނެވެ.

ތިނަދޫ އަށް އައި ޓީމުތަކަށް މަރުހަބާ ކިޔުން – ފޮޓޯ: ޔާމިން، ތިނަދޫ ކައުންސިލް
ތިނަދޫ އަށް އަންނަ ޓީމުތަކާ މެހެމާނުންނަށް ތިނަދޫ ގެ ވެރިންނާއި އެކި ދާއިރާ ތަކުން މީހުން ހާޒިރުވެ ރަސްމީ ފާލަމުން މަރުހަބާ ކިޔުމަށް ފަހު ރިފްރެޝްމަންޓް ހޯލުން ގދ އަތޮޅު ތަޢުލީމީ މަރުކަޒުން ދެވޭ ޚިދުމަތް ވަރަށް ފުރިހަމަ ކަން ފާހަގަ ކުރެވެއެވެ.
އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރި ރަށުން ބޭރު ޓީމުތަކަށް ތިނަދޫ އިން ހޫނު މަރުހަބާއެއް ކިޔަމުން ދާއިރު ރަށުގެ ބަނދަރު މައްޗާއި ރަށުގެ މުހިންމު މަގުތައް ވަނީ ޤައުމީ ދިދަ އާއި ބީޗް ފްލެގް ތަކުން ޒީނަތްތެރި ކޮށްފައިކަން ފާހަގަ ކުރެވެއެވެ.

ރަށުގެ މުހިންމު މަގުތައް ވަނީ ޤައުމީ ދިދަ އާއި ބީޗް ފްލެގް ތަކުން ޒީނަތްތެރި ކޮށްފައި – ފޮޓޯ: ޔާމިން، ތިނަދޫ ކައުންސިލް
ރާއްޖޭގައި 2 ވަނަ އަށް އެންމެ ބޮޑުކޮށް ކުރިޔަށް ދާ މި މުބާރާތުގައި ޖުމްލަ 36 ޓީމެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ތިނަދޫ އިން ބައިވެރިވެފައި 3 ޓީމެވެ. ބާކީ 33 ޓީމުގެ ތެރޭގައި ހިމެނެނީ ސްކޫލް ތަކާއި ޖަމްޢިއްޔާ ތަކެވެ.
އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް ގދ ތިނަދޫ މި ބޭއްވެނީ މީގެ އެއް މަސް ކުރިން މިފަދަ އެތުލެޓިކްސް މުބާރާތެއް ގދ އަތޮޅު ކައުންސިލުން ބޭއްވި ފަހުންނެވެ. އެ މުބާރާތް ވެސް ވެގެން ގޮސްފައި ވަނީ އެތުލެޓިކްސް ފަދަ މުބާރާތައް ބޭއްވުމުގެ ވައްޓަފާޅި ބަދަލުކޮށް އާ ކަންތައް ތަކެއް ތަޢާރަފް ވެގެން ދިޔަ ވަރަށް ފުރިހަމަ އަދި ކާމިޔާބު މުބާރާތަކަށެވެ.
މި މަހުގެ 22 ރޭގަނޑު ތިނަދޫ ސްޓޭޑިއަމް ގައި ފެށުމުގެ ރަސްމިއްޔާތު ބާއްވާ މުބާރާތް މި ފަހަރު ވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސްޓޭޑިއަމް ގައެވެ.

