އެތުލެޓިކްސް މުބާރާތް މިހާރު ރާއްޖޭގައި ވަރަށް ބޮޑު ފޯރިޔެއްގައި ހިނގާ އަދި ކުރަމުން އަންނަ ކަމެކެވެ. މި ދުވަސްކޮޅުގެ ބަހުރުވަޔަކުން ބުނާނަމަ ވޯލްޑް ކަޕް ފަދަ ކަމެކެވެ. ވަރަށް ވާދަވެރި މުބާރާތަކަށް ވުމުގެ އިތުރުން މުޅި ރާއްޖެ އެއް ދިމާލަކަށް އަމާޒު ހިފާ އެތައް ހާސް ބަޔަކު އެއް ރަށަކަށް އަރާ އެރަށަކުން އެތައް ތައްޔާރީއެއްވާ ކަމެކެވެ. ޒަމާނަށް އަންނަމުންދާ ބަދަލާއެކު މިއަދު މިވަނީ ކަންކަން ކުރާ ފެންވަރާ ފަންވަރު ވެސް ބަދަލުވެފައެވެ. ބައެއް ފަހަރު ލާރިޔާ އާރާ، ބާރާ ،ސަރުކާރާ އޮންނަ ފުރަ މާލެއަށް ވުރެ ވެސް އަތޮޅު ރަށް ތަކުގައި މިފަދަ ކަންކަން ކުރާ ގޮތް ތަފާތު ވެފައި ފުރިހަމައެވެ.
މި ދުވަސްކޮޅަކީ މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ އެތުލެޓިކްސް މުބާރާތް ފެށުމަށް ތައްޔާރު ވަމުންދާ ވަޤުތެވެ. މި މަހުގެ 22 ގައި އޮންނަ މުބާރާތުގައި 36 ޓީމު ވާދަ ކުރާއިރު ތިނަދޫ އަށް ރަށުން ބޭރުން އަންނަ ޓީމުތައް ރޭގަނޑާ ދުވާލުގެ އެކި ވަޤުތު ތަކުގައި ދަނީ އަންނަމުންނެވެ. މުޅި ރަށް ވަނީ އެ މުބާރާތަށް ފުދޭ ވަރަކަށް ތައްޔާރު ވެފައެވެ.

ހުވަދޫ ފޮޓޯ: އަހުތަރު
ދިރިއުޅެމުންދާ އާބާދީ އާއި ދަތުރު ވެރިންގެ ޢަދަދާއެކު މަދުވެގެން 12000 މީހުން އުޅޭ ގދ ތިނަދޫ އަށް މި ދެންނެވި މުބާރާތް ނިމޭއިރު މަދުވެގެން 15000 މީހުން މި ފަސްގަނޑުގައި ހެލިފެލިވެ އުޅޭނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިހާ ހިސާބުން ދެން އުފެދޭ ސުވާލަކީ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގައި އެންމެ ބޮޑު ފާއިދާ އެއް ވާނީ ކޮން ބަޔަކަށްތޯ އެވެ.
އާއެކެވެ. ސީދާ ސީދާ ކޮށް ދަންނަވަން ނަމަ އެންމެ ބޮޑު މަންފާއެއް ވާނެ ބަޔަކީ ޚިދުމަތް ވިއްކާ ނަފާ ވެރިންނަށެވެ. ފިހާރަ ތަކުގެ ސޭޓުންނަށެވެ. ހޮޓާ ރެސްޓޯރެންޓް ހިނގާ މީހުން މީހުންނަށެވެ. ގާޑިޔާ ހިންގާ މީހުންނަށެވެ. ސެލޫން ތަކަށެވެ. ގެއާ ކޮޓަރި ކުއްޔަށް ކުއްޔަށް ދޭ މީހުންނަށެވެ. ކެންޓީނު ހަދައިގެން ހިނގާ މީހުންނަށެވެ. ޓެކްސީ ކުރާމީހުންނަށެވެ. ލޯންޗު ވެރިންނަށެވެ. ގްރެފިކްސް ، ލަވަޔާއި މިއުޒިކް އަދި ބެރު ޖަހާ ނުވަތަ ފަންނުވެރިންނަށެވެ. ޕްރިންޓް ކުރާ ފަރާތްތަކަށެވެ. ޖުމްލަކޮށް ބުނާ ނަމަ ފައިސާއަށް ކަމެއް ކޮށްދޭ އެންމެހާ ފަރާތްތަކަށެވެ. ނުވަތަ ވިޔަފާރިވެރިންނަށެވެ. އެހެންކަމުން މި މުބާރާތް ވެފައިވަނީ ނަފާ ވެރިންގެ ބޮޑު ޢީދަކަށެވެ. ވެހޭ އިރު ފެން ނަގާހެން ވަތްގަނޑާ އެކައުންޓު ފުރާލަން ލިބޭ ބުރަހެލި ދުވަސްކޮޅަކަށެވެ.
މިވާހަކަތައް ދައްކާއިރު އެކި ފަރާތްތަކުން މީސްމީޑިއާގައި ހިއްސާ ކުރާ ވާހަކައެއް ފާހަގަ ކޮއްލާނަމެވެ.
"ރަށަށް އަރާ ތިބި މީހުންނަށް އަގު ބޮޑުކޮށް އެއްޗެހި ނުވިއްކަބަލަ. ވަކި ބަޔަކަށް ވަކި ގޮތެއް ނަހަދާބަލަ ލިބޭތާ ލިބިގަތަސް ލޫޓުވުން އެއީ ރަނގަޅު ގޮތެއް ނޫން" މިފަދަ ވާހަކަ ތަކެވެ.
މި ކަމުގެ ޙަޤީޤަތް ބަލާލިއިރު މަދު ބަޔަކު އެފަދަ ކަމެއް ކުރި ކަމަށް ވެއެވެ.
ގިނަ ބަޔަކު ބައިވެރިވާ ކަންކަމުގައި ރަށަށް މީހުން އައިސް އުޅުމަކީ ޓުވަރިޒަމެއް ފަދަ ކަމެކެވެ. ރަށަށް އިންތިހާ އަށް ކުރި އެރުން ލިބޭ އާންމު މީހާގެ ޖީބަށް ގިނަ ފައިސާ އެޅޭ ކަމެކެވެ. އެހެން ކަމަށް ވާ އިރު ދޮލަނގާ ލޯގަނޑާ ބާލިދީ ތައް ހިފައިގެން ނުކުމެ ތިބުން އެއީ ހަމަ އެކަނި ކުރަން އޮތް ކަމަށް ނުދެކި ތިމާމެން ވެސް ލިބޭ ވަރަކުން ހޭދަކޮށްލުމުގެ ބިނާކުރަނިވި ވިސްނުމުގެ އިތުރުން ހުސް ވަގުތެއް ނެތި މަސައްކަތް ކޮށް "ހަރަކާތްތައް ބާއްވާ " ފަރާތައް ވީ ވަރަކުން އެހީތެރިވުމުގެ ރޫޙު ގެންގުޅެން ވެއްޖެއެވެ. ގޭގެ ކޮޓަރި ކުއްޔަށް ދޭ އިރު މަގުމަތި ވެސް އަދި އެ ހިސާބުގަނޑު ވެސް ކުނިކަހައި ރީތި ކޮއްލާން އެބަ ޖެހެއެވެ. ވިޔަފާރި ވެރިންނާއި ފަންނުވެރިން ވެސް އަމިއްލަ ކަމަކާއި ހުނަރު އަމިއްލަ ގޮތުން ވެސް ދައްކާލަން އެބަޖެހެއެވެ. ނަފާވެރި ޢީދެއްގެ ފައިދާ އުފާވެރިކޮށް ދައްކާކަން އެބަޖެހެއެވެ.

