ތަފާތު އެކިކުލަތައް ނަފްސާނީގޮތުން ބާރުފޯރުވާ މާނަތައް އެނގޭތަ؟
ކުލައަކީ ހަޔާތުގައި، ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ހަމަ އެންމެ ސަމާލުކަން ދެވޭ އެއްކަމަކީ ކުލަތައް ކަމަށް ވާއިރު، ކުލަތަކުގެ ނަފްސިއްޔާތަކީ ކޮބައިކަން ދެނެގަތުން އެންމެ ރަނގަޅުކަމަކަށް ވާނެކަން ގައިމެވެ. ހެދުން ލުމުގައާއި ގޭތެރޭގައި ތަކެތި ގެންގުޅުމުގައިވެސް ކުލަކުލައިގެ މާނަ އެނގުމުން އޭގެ ސަބަބުން ފައިދާތަކެއް ވާނެކަން ޔަގީނެވެ. ނަފްސާނީ މާހިރުން އަދި ނަފުސާނީކަންތައްތަކާ ބެހޭ އިލްމުވެރިންވެސް ހާމަ ކުރާ ގޮތުގައި އިންސާނުންގެ އިހުސާސްތަކާއި ކުލަތަކާ ބޮޑު ގުޅުމެއް ވެއެވެ. ބައެއްކަހަލަ ބޭސްފަރުވާތައްވެސް ކުލަތަކަށް ބަރޯސާވެއެވެ.
ރަތްކުލައަކީ ޝައުގުވެރިކަމާއި ހަކަތައިގެ ކުލައެވެ. ރަތް ކުލައަކީ އެހެން ހުރިހާ ކުލައ ސަމާލުކަން ދަމައިގަނެ، ފިޔަވަޅު އެޅުމަށް ބާރުއަޅާ ވަރުގަދަ އަދި ވަރުގަދަ ހަކަތައެއް ވިދާލާ އެއްޗެކެވެ. ގުޅުންތަކާ ގުޅިފައިވާ އަދި ފުން އަދި ގާތް ޝައުގުވެރިކަމެއް އުފެއްދޭ އެއްޗެކެވެ. ރަތް ކުލައަކީ ކޮންމެ ތަނެއްގައިވެސް ބޭނުންކުރަނީ އިންޒާރުދީ ސަމާލުކަމާއި ނުރައްކަލުގެ އިޝާރާތަކަށެވެ.
އޮރެންޖަކީ ޖޯޝާއި ޖަޒުބާތުގެ ކުލައެވެ. އޮރެންޖުން ހޫނުކަމާއި އުފާވެރިކަން ފާޅުވާއިރު، މިއީ ޖަޒުބާތީ ބާރު ފޯރުކޮށްދޭ މަޖާ ކުލައެއްގެ ގޮތުގައި ބެލެވޭ ކުލައެކެވެ. އެއީ އުންމީދީ، ދިރިއުޅުމަށް އަމިއްލައަށް ކަންތައްތަކާމެދު ރަނގަޅަށް ވިސްނުން އިތުރުކޮށްދޭ ކުލައެކެވެ. އަދި އިޖުތިމާއީ ކަންތަކާއި މުވާސަލާތާއި އުފެއްދުންތެރިކަމަށް ހިތްވަރުދޭ ކުލަކެވެ. އެއީ ޒުވާން އަދި ހަކަތަވެރި ކުލައެކެވެ.
ރީނދޫ މިއީ އުފާވެރިކަމާއި އުންމީދީ ކުލައެވެ. ރީނދޫ ކުލައަކީ ދުނިޔެއަށް މަޖާކަމާއި އުފާވެރިކަން ގެނެސްދޭ ހިތްހަމަޖެހޭ އަދި ހަކަތަވެރި ކުލައެކެވެ. ރީނދޫކުލައިން ސިކުނޑީގެ ވިސްނުމުގެ ބަޔަށް އަސަރުކޮށް، ވިސްނުމާއި ތަސައްވުރު ހީވާގިކޮށްދޭތީ އުނގެނުމަށް ފަސޭހަކޮށްދެއެވެ. މިއީ ވިސްނުމާއި ޝައުގުވެރިކަން އުފެދި، ޖޯޝާއި އިތުބާރު އިތުރުކޮށްދޭ ކުލައެކެވެ.
ފެއްސަކީ ހަމަޖެހުމާއި ސިއްހަތުގެ ކުލައެވެ. ފެހި ކުލައަކީ އަހަރެމެންގެ ހަށިގަނޑާއި ސިކުނޑި ދިރުވައި އާލާކޮށްދޭ، އަރާމު އިހުސާސްކުރުވާ ކުލައެކެވެ. ޖަޒުބާތުތައް ހަމަހަމަކޮށްދީ، ރައްކާތެރިކުރުވާ، ރައްކާތެރިކަމުގެ އިހުސާސް ކުރުވާ ކުލައެކެވެ. އަދި އުއްމީދު ލިބި، ކުރިއެރުމާއި ތަނަވަސްކަމުގެ ޔަގީންކަމާއެކު، އަދި ހަޔާތުގެ ދަތުރުގައި ކުރިއަރައިދިއުމަށް އެހީތެރިވެދެއެވެ.
ނުލަކީ އިތުބާރާއި ވަފާތެރިކަމުގެ ކުލައެވެ. ނޫކުލައަކީ ނަފްސަށް ހަމަޖެހުމާއި އަރާމު އިހުސާސްވާފަދަ އަސަރެއް ކުރުވާ ކުލައެއް ކަމުން، އެއީ އިންސާނާއަށް ހަމަޖެހުން ލިބި، އިތުބާރާއި ރައްކާތެރިކަން އިހުސާސް ކުރުވާ ކުލައެއްވެސްމެއެވެ. މިކުލައިގެ ރަމްޒުތައް ކުރިމަތިލުމާއި މާބޮޑަށް ސަމާލުކަން ދިނުމާއި ނުރުހުނަސް މިއީ ތެދުވެރި، އިތުބާރު ކުރެވޭ އަދި ޒިންމާދާރު ކުލައަކަށްވާތީ، އަބަދުވެސް މިކުލައިން އިތުބާރާއި ޔަގީންކަން ގަދަފަދަ ކުރެވޭނެއެވެ.
ދަނބަކީ ރޫހަނީ ކަންކަމާއި ހިޔާލުގެ ކުލައެވެ. ދަނދބުކުލައިން ނަފުސުގެ ފިކުރުތައް ހާމަކުރުމަށް ބާރުއަޅާއިރު، މިއީ އިންސާނުންގެ ހަޔާތަށް ހިކުމަތްތެރިކަމާއެކު، ރޫހާނީ ގޮތުން ކުރިއެރުމަށް ހިތްވަރުދޭ ކުލައެކެވެ. ގިނަ ފަހަރަށް ޝާހީކަމާއި މުއްސަނދި ކަންކަމާ ގުޅިފައިވާ ކުލައަކަށް ވާތީ، ހިޔާލީ ޖާދުވީ ފިކުރުތަކާއި ހިޔާލީ ޖާދޫގެ އިހުސާސްކުރުވާ އެފަދަ ކަންކަމާމެދު ވިސްނުމަށް މިކުލަ ބާރުއަޅައެވެ.
ފިޔާތޮށްޓަކީ އަބަދުވެސް މުޅި ދުނިޔޭގައި ޒަމާނުއްސުގެ ނާޒުކުލޯތްބާއި އޯގާތެރިކަމަށް ފާހަގަވާ ކުލައެވެ. ފިޔާތޮށްޓަކީ އޯގާތެރި އަދި ކުލުނުވެރި، ހަމްދަރުދީއާއި އޯގާތެރިކަމުން ފުރިފައިވާ، އަދި އިންސާނާއަށް މިކަންތައް ފަހުމުކޮށްދޭ ކުލައެކެވެ. ނަފްސިއްޔާތާ ބެހޭ މާހިރުން މިކުލައަކީ ކަންތައްތައް ހަމައަކަށް އަޅުވައި ތަރުބިއްޔަތުކޮށްދީ، ދިރިއުޅުމަށް އުފަލާއި ދިރުން ގެނެސްދޭކަމަށް ބުނެއެވެ. ފިޔާތޮށި ކުލަކީ އަންހެންވަންތަ، ލޯބިވެތި އަދި ނުހަނު މަޑުމައިތިރި، މައުސޫމު ކުލައެކެވެ.
ޒަމާނުއްސުރެ ކަޅަކީ ބާރާއި ފަންނުވެރިކަން ރަމްޒުކޮށްދޭ ކުލައެވެ. ކަޅު ކުލައަކީ ގަބޫލުކުރަން ދަތި ވަރުގެ ވަރުގަދަ އަދި ބިރުވެސް ރަމްޒުކުރާ ކުލައެއް ކަމުން ބާރުވެރިކަން ފާޅުވެ، ރައްކާތެރިކަމާއި ފާރަވެރިކަމުގެ ޔަގީންކަން އިހުސާސް ކުރެވެއެވެ. ގިނަ ފަހަރަށް ރަސްމީ އަދި ޝަރަފުވެރި މަޖިލިސްތަކުންނާއި ހަމައެހެންމެ ބޮޑެތި ހަފުލާތަކުން މިކުލަ ފެންނަނީ އަމިއްލަވަންތަކަން ދައްކުވައިދޭތީވެ. އަދި ހަމައެހެންމެ މިއީ ހިތާމައިގެވެސް ކުލައެކެވެ. ނަފްސިއްޔާތުގެ މާހިރުން ހާމަކުރަނީ މިއީ ހިތާމައާއި އެކަނިވެރިކަން އިތުރުވެސް ކުރާ ކުލައެކެވެ.
ހުދަކީވެސް ޒަމާނުއްސުރެ، އަބަދުވެސް ތާހިރުކަމާއި މައުސޫމުކަމުގެ ކުލައެވެ. ހުދުކުލައަކީ ހުރިހާ ކުލައެއްގެ ހަގީގީ ހަމަހަަމަވުން ކަމަށާއި، ސާފުތާހިރުކަމާއި ސާދާކަމާއި ފުރިހަމަކަމާ ގުޅިފައިވާ ކުލައެކެވެ. މިއީ އަނެކުންނަށް އެހެން ރަނގަޅު އިހުސާސެއް ކޮށްދިނުމަށް ލޯބިކުރާ އަދި ސިކުނޑި ތާޒާކޮށް ތާހިރުކޮށް އުންމީދާއި ސާފުކަން ފޯރުކޮށްދޭ ކުލައެކެވެ. އަދި ވިސްނުން ހުޅުވިފައި ހުރުމާއި ސިކުނޑިއާއި ނަފުސަށްވެސް ކުރިއެރުން ގެނެސްދެއެވެ.

