ބަޔެއް މީހުން ގަބޫލުކުރާ ގޮތުގައި ރޫހާނީ ކަންކަމަކީ ހަޤީގަތެއްނެތް ދޮގު ވާހަކަތަކެކެވެ. އަނެއްބައި މީހުން ޤަބޫލުކުރާ ގޮތުގައި އެއީ ހަޤީގަތުގައިވެސް ހިނގާކަންކަމެވެ. އަދި ބައެއެއް ކަންތަކަކީ ނަފްސާނީ ބަލީގެ ސަބަބުން ދިމާވާ ކަންކަންކަމަށްވެސް ޤަބޫލު ކުރާބަޔަކުއުޅެއެވެ. ހަމަމިގޮތަށް މިކަންތަކަކީ ނަފްސާނީ ބަލިކަމެއްނޫން ކަމަށާއި ބިރުވެރި ރޫހާނީ ބާރަކުން މީހާ ކޮންޓްރޯލް ކުރަނީ ކަމަށް ޤަބޫލް ކުރާމީހުންވެސް އުޅެއެވެ. ކޮންމެއަކަސް މިފަހަރު ލިޔެލަން ގަސްތު މިކުރަނީ މިފަދަ ވާހަކައެކެވެ.
އެލީސާ ލާމް ޗުއްޓީއެއް ހޭދަކޮށްލުމަށް ލޮސް އެންޖެލެސްގެ ހުނޅަގު އައްސޭރި ސެސިލް ހޮޓަލުގައި ދުވަސްތަށް ހޭދަކުރަމުންދިޔައީ ވަރަށްވެސް އުފަލުގައެވެ. އޭނާގެ ދަތުރުގެ ހުރިހާ ފޮޓޯ އާއި، ކަންކަން އޭނާގެ ބުލޮގުގައި ހިއްސާ ކުރަމުންދިޔައެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ޖެނުއަރީ 31 ވަނަ ދުވަހު އޭނާގެ ބުލުގް އަޕްޑޭޓްވުން ހުއްޓުނެވެ. ލާމް ވީނުވީއެއްނޭގި ގެއްލުނީއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ޖެނުއަރީ 31 ވަނަ ދުވަހުގެ ރޭ އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަ ސެސިލް ހޮޓަލުގެ ލޮބީއިންނެވެ.
ލާމް ގެއްލުމުން އާއިލާއިން ފުލުހުންނަށް އެކަން ރިޕޯޓް ކުރިއެވެ. އާއިލާއި ފުލުހުންވެގެން ލާމް ހޯދުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް އާނާގެ އެއްވެސް ހިލަމެއްނުވިއެވެ.
ފެބްރުއަރީ މަހު އެލްއޭޕީޑީން ވަނީ ލާމް ގެއްލުމުގެ ކުރިން އޭނާގެ ލިފްޓް ސަވައިލަންސް ފުޓޭޖް އާންމުކޮށްފަ އެވެ. އެ ފުޓޭޖުން ފެންނަ ގޮތުގައި ލަމް ލިފްޓުގައި އާދަޔާ ހިލާފަށް އަމަލު ކުރަމުން ދިޔަ އިރު ނުފެންނަ މީހުންނާ ވާހަކަ ދައްކާތަން ފެނުމާއި، ލިފްޓުން ނުކުމެ ވަށައިގެން ތަންތަން ބެލުމާއި ދޮރު ހުޅުވާފަ ލައްޕާ މަންޒަރު ފެނެއެއެވެ. މި ވީޑިއީއިން ފެންނަ ލާމްގެ އާދަޔާ ހިލާފު އަމަލު ތަކުން ސުވާލު އުފެދޭ ބައިވަރު ކަންތައްތައްވެއެވެ. ސައިކޮޓިކް އެޕިސީޑް ތަކުން ފެށިގެން ޝައިތާނީ ރޫހާނީ ކަންކަމުގެ ސުވާލެވެ.
އެދުވަސްވަރު ހޮޓެލްގެ ގެސްޓުންގެ ފަރާތުން ސިސިލް ހޮޓެލް ވޯޓާ ސަޕްލައިގައި އާދަޔާ ހިލާފު ކަންތައްތަކެއް ހިނގަމުންދާކަމުގެ ރިޕޯޓް ލިބެން ފެށިއެވެ.
އެކަކު ކިޔައިދިން ގޮތުގައި އޭނާ ފެންވަރަން އިސްކުރޫ ދޫކޮށްލުމުން ފުރަތަމަ ދެ ސިކުންތުގައު އާދަޔާ ހިލާފު ކަޅުފެން އައުމަށް ފަހު ސާފުފެން އައިކަމަށެވެ.
އަނަކަކު ބުނިގޮތުގައި އޭނާއަށް ހޮޓެލްގެ ފެނުން ބުނަން ނޭނގޭހާ އާދަޔާ ހިލާފު ނުބައި ރަހައެއް ދިނެއެވެ. ހަފްތާއެއްވަންދެން ހޮޓަލްގެ ގެސްޓުން ފެނުގެ ޝަކުވާ ކުރިއެވެ.
މި ޝަކުވާތަކާއި ގުޅިގެން ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުގެ ހެނދުނު ހޮޓަލުގެ މުވައްޒަފަކު އެ ހޮޓަލުގެ ފެން ރައްކާކުރާ ޓޭންކުތައް ބެލުމަށް ފުރާޅަށް އެރިއެވެ. އެހިސާބުން ލާމް ގެންގުޅުން އޭނާގެ ސާމާނު ފެނުނެވެ. އޭނާގެ ހަށިގަނޑު ފެނުނީ އޮރިޔާން ހާލުގައި ހޮޓެލްގެ ފެންޓޭންކް ތެރޭ ކުނިވެފައި އޮއްވައެވެ. އޮޓޮޕްސީ ހެދުމަށް ފަހު އޭނާގެ މަރުވަނީ އެކްސިޑެންޓަލް މަރެއްގެ ގޮތުގައި ބަލައި ތަޙުޤީޤު ނިންމާލީއެވެ. ނަމަވެސް ހޮޓެލްގެ މެނޭޖްމަންޓުން ބުނަނީ ފުރާޅުގެ އެހިސާބަށް އަރާއިރު އެލާމް އަޅާނެކަމަށާއި ޓޭންކް އެހާ ފަސޭހައިން ނުހުޅުވޭނެ ކަމަށެވެ.
އެހާހިސާބުން ނޫސްތަކުން ސެސިލް ހޮޓަލުގެ ހިނގާފައި އާދަޔާއި ހިލާފު ކަންތަކާއި އެތާގައި އުޅެފައި އާދަޔާ ހިލާފު މީހުންގެ ރިޕޯޓްތަށް ލިޔަންފެށިއެވެ.
ސެސިލް ހޮޓަލަކީ އާދަޔާ ހިލާފު ތާރީހެއް އޮތް ހޮޓަލެކެވެ. 1980 ގެ އަހަރުތަކުގައި 14 މީހަކު މެރުމުގެ ކުށް ސާބިތުވި “ނައިޓް ސްޓޮކާ” ރިޗަޑް ރަމިރޭޒް 1985 ވަނަ އަހަރު ސެސިލް ހޮޓެލްގެ 14 ވަނަ ފަންގިފިލާގައި އެތައް މަހެއް ވަންދެން ދިރިއުޅެމުން ދިޔަ އެވެ. އަދި ބައިނަލްއަގްވާމީ ސީރިއަލް ކިލާ ޖެކް އަންޓަވެގާ އަކީ 1991 ވަނަ އަހަރު އެތަނުގައި ދިރިއުޅުނު ދުވަސްވަރު ތިން މީހަކު މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ. އޭނާ އަމިއްލައަށް މަރުވީ 1994 ވަނަ އަހަރު ޖަލުގަ އެވެ.
1962 ވަނަ އަހަރު ހޮޓަލުގައި ދިރިއުޅުނު އަންހެން ކުއްޖަކު ވަނީ ފުންމާލައި އަމިއްލަ އަށް މަރުވެފައެވެ. އޭނާ ވެއްޓުނު ވަގުތު އެވަގުތު އޭނާގެ ހަށިގަނޑު ޖެހިފައި މަގުމަތިން ހިނގާފައި ދިޔަ މީހަކުވެސް ވަނީ މަރުވެފައެވެ..
2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެޓްފްލިކްސްގެ “ކްރައިމް ސީން: ދަ ވެނިޝިން އެޓް ދަ ސެސިލް ހޮޓެލް” ނަމަކަށް ކިޔާ ޑޮކޮއުމެންޓްރީއަކުން ވަނީ އެލިސާ ލާމްގެ ހިތާމަވެރި މަރުގެ ހަދިސާއާއި ސެސިލް ހޮޓަލުގެ ބިރުވެރި މާޒީ ގެނެސްދީފައެވެ.

