“ޓްރިޕޯފޯބިއާ” އަކީ ކިހިނެއްވާ ކޮން އެއްޗެއްބާ!
“ޓްރިޕޯފޯބިއާ” ކިޔާތި އަޑު އިވޭ ހެއްޔެވެ. ނޫނީ މިއީ ދަންނަ ބަހެއް ހެއްޔެވެ.
ޓްރިޕޯފޯބިއާ އަކީ އެކުވެފައިހުންނަ ލޯވަޅުތައް، ގޮޅިގޮޅި، ކައިރިކައިރީގައި އުފުލިފައިހުންނަ ގޮތަކަށް ފެންނަ ބޮޅުތައްކަހަލަ، ނޫނީ ކޮންމެވެސް ޕެޓާންއެއް އެކުވެގެން ހެދިފައި ހުންނަ މަންޒަރުތައް، ބޮޅުތައް، ލޯވަޅުތައް، ގޮޅިތައް، ފެނުމުން އިންސާނާގެ ގައިން ހީބިހި ނަގައި އުނދަގޫވާކަހަލަ ގޮތްތަކެއް އިހުސާސްވުމެވެ. މިއީ ސީދާ ނަފްސާނީ ބައްޔެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިފައިވާ އެއްޗެއް ނޫން ނަމަވެސް، މާބޮޑަށް ބިރުވެރިކަމާއި ހާސްކަން ކުރިމަތިވެއްޖެނަމަ ވަކި ފޯބިއާއެއްގެ ގޮތުގައި ފާހަގަކުރެވިދާނެއެވެ. ގިނަ މީހުންނަށް މައިގަނޑު ގޮތެއްގައި އުނދަގޫ ތަޖުރިބާ ކުރެވެނީ ޓްރިޕޯފޮބިކް ތަސްވީރުތައް ފެނުމުންނެވެ.
ޓްރިޕޯފޯބިއާ އަށް މެދުވެރިވަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟
މި ދާއިރާއިން ކުރެވޭ ދިރާސާތައް މަދުކަމުން ޓްރައިޕޯފޯބިއާ ޖެހޭ ސީދާ ސަބަބެއް ނޭނގެއެވެ. ޓްރިޕޯފޯބިއާ ޖެހުމަށް މެދުވެރިވާ އެކިއެކި ކަންތައްތައް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި ހަނީކޮމްބްސް، ބަބަލް ރެޕް ނުވަތަ މޭވާގެ އޮށްތައް ހިމެނެއެވެ. ވަކި ޕެޓަރންތަކާއި، ބަމްޕްތަކާއި، ޕެޓަރން ޖަހާފައިވާ ޖަނަވާރުތަކާއި، ތަސްވީރުތަކުން ވެސް ޓްރައިޕޮފޯބިކް ރިއެކްޝަންތައް އުފެދިދާނެއެވެ.
މިއީ ގަސްތުގައި އެއްވެސް މީހަކު އަނެކާގެ ސަމާލުކަން ލިބިގަންނަން، ނުވަތަ އަނެކާގެ ލޯތްބާއި ކުލުނާއި އަޅާލުން ހޯދުމަށް ކުރާނެ ކަމެއްނޫންކަން ދަންނަންވާނެއެވެ.
ޓްރިޕޯފޯބިއާ އަކީ މަޑުމަޑުން ގޯސްވަމުން ގޮސް ވަރަށް ނުރައްކާތެރި ހިސާބަކަށްވެސް މީހާގެ ހާލަތު ގެންގޮސްދާނެފަދަ ކަމެކެވެ. ހަގީގަތުގައި މިމީހުންނަށް ވާގޮތަކީ އެއްވެފައި ހުންނަ ބައިވަރު ލޯވަޅުތައް ކަހަލަ އެއްޗަކަށް ބެލުމުން، އެތަކެތި ދިރިގެން އަރައިގެން، ތިމާއަށް ހަމަލަ ދީފާނެ ނުރައްކަާތެރި ދިރޭ އެއްޗެއްހެން އެލޯވަޅުތަކާމެދު ހީވުމެވެ. އަދި މިފަދަ އިން ފެންނަ މަންޒަރުތަކުގެ ސަބަބަުން ބިރާއި ސިހުން މީހާ ޑިޕްރެޝަން ފަދަ ނަފުސާނީ ބޮޑެތި ބަލިތަކަށް ގެންދެއެވެ.
ޓްރިޕޯފޯބިއާ އަކީ ހަގީގީ ބައްޔަކަށް ނުވާތީ، އެކަމަށް ކަނޑައެޅިފައިވާ ފަރުވާއެއް ނެތެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ސެރޓްރަލައިން (ޒޮލޮފްޓް) ފަދަ އެންޓިޑިޕްރެޝަން ތެރަޕީ ޕްލަސް ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ (ސީބީޓީ) ކިޔާ ޓޯކް ތެރަޕީ މިކަމަށް ކޮންމެވެސް ވައްތަރަކަށް އެހީތެރިވެދެއެވެ. ސީބީޓީ އިން މަސައްކަތް ކުރަނީ ބިރުވެރިކަން ނުވަތަ ސްޓްރެސް އުފެދޭ ނޭދެވޭ ޚިޔާލުތައް ބަދަލު ކުރުމަށެވެ. ޓްރައިޕޯފޯބިއާ އަކީ ހާސްކަމުގެ ވައްތަރެއް ކަމަށްވާތީ، ހާސްކަމަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކުން އެހީތެރިކަން ލިބިދާނެކަމަށް ނަފުސާނީ ބަލިތަކާބެހޭ ހާއްސަ ޑޮކްޓަރަކު ވިދާޅުވެފައިވެއެވެ. އެކަމަކު ކަނޑައެޅިފައިވާ ވަކި ހާއްސަ ފަރުވާއެއް ނެތް ކަމަށާއި، ފަރުވާއެއް ހޯދުމަށް ކުރެވިފައިވާ ދިރާސާތައް މަދު ކަމަށް ވެސް ވިދާޅުވިއެވެ.
ޓްރައިޕޯފޯބިއާގެ ސަބަބުން ދުވަހުން ދުވަހަށް ކުރާ ކަންކަމަށް ބުރޫއަރާ، އަމިއްލަ ނަފްސަށް އިޙްތިރާމް ކުޑަވެ، ނުވަތަ އިންތިހާއަށް ހާސްކަން އުފެދޭކަން ފާހަގަކުރެވޭ މީހުންނަށް ތެރަޕީ، ދިނުން ނޫން އިތުރު ފަރުވާއެއް ހޯދިފައި ނެތެވެ. ތެރަޕީ ދިނުމުގައި މަޑުމަޑުން އާދައިގެ އެއްޗެއްސަށް ހާނުވާ، އެއީ ހަމައެކަނި މަންޒަރެއްކަމާއި އޭގެއިން އެއްވެސް ނުރައްކަލެއް ނެތްކަން ބުނެދީ ޔަގީންކޮށްދީގެން ލަސްލަހުން ބަލިމީހާ ރަނގަޅުކުރެވިދާނެއެވެ.
ޓްރިޕޯފޯބިއާ އަށް އަޅާނުލެވި ތެރަޕީ ނުލިބިއްޖެނަމަ، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ އެހެނިހެން ނުރައްކާތެރި އަދި ބިރުވެރި ކަންތައްތައް ހުރެއެވެ.
- މޫޑް ޑިސްއޯޑަރސް
- އިޖުތިމާޢީ އެކަހެރިވުން
- މަސްތުވާތަކެތި ބޭނުންކުރުން
- އަމިއްލައަށް މަރުވުން (ސީރިއަސް ހާލަތްތަކުގައި)
މިއީ ޓްރިޕޯފޯބިއާގެ ކުރީކޮޅު ސަމާލު ނުވެވިއްޖެނަމަ ދިމާވެދާނެފަދަ ނުރައްކާތެރި ކަންތައްތަކެވެ.

