17 ވަނަ ގަރުނުގައި އިޓަލީ ވިލާތުގެ އަންހެނެއް ކަމުގައިވާ ޖުއުލިއާ ޓޮފާނާ ނަމަކަށް ކިޔާ މި އަންހެންމީހާ ވަނީ އަކުއާ ޓޮފާނާގެ ނަންދީފައިވާ ވިހައެއް ދީގެން މީހުން ލައްވާ އެމީހުންގެ ފިރިން މަރާފައެވެ. އޭނާ މިކަންކުރީ އަނިޔާވެރި ފިރިންގެ ކިބައިން މިނިވަން ނުވެފައިތިބި އަންހެނުންނަށް އެހީވުމަށް ކަމަށް ބުނެވެއެވެ.
ދުވަސްވަރަކީ އަންހެންވެރިންގެ ނުރުހުމުގައި އެމީހުންގެ މައިންބަފައިން މަޖްބޫރު ކޮށްގެން ކައިވެނިިކުރެވި ދުވަސްވަރެވެ. ނުވެސް ދަންނަ އަދި ދެކިފައިވެސް ނުވާ މީހުންނާއި ކުއްލިއަކަށް މަޖްބޫރުން ކައިވެނި ކުރުވުމުގެ ސަބަބުން މިފަދަ ކައިވެނިތަށް ވެގެންދިޔައީ ވަރަށްވެސް ހިތާމަވެރި ކައިވެނި ތަކަށެވެ. ކައުވެނީގެ އެއްވެސް އުފާވެރިކަމެއްނެތެ. ކައިވެނި ކުރެވުމަށްފަހު މަރު ދުވަހަށް އެކައިވެނިމަތީގައި ދެމި ހުންނަންޖެހެއެވެ. ބައެއް ފިރިންގެ ފަރާތުން އަންހެނުންނަށް ކެތްނުމުރެވޭހާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބެމުންދިޔައެވެ. މިފަދަ ކައިވެނިތަކުން އަންހެންމީހާއަށް އުފަލެއް ލިބެންއޮތީ ފިރިހެންމީހާ މަރުވުމުންނެވެ.
މިފަދަ ހިތްދަތި ހިތާމަވެރި ހާލުގައި އުޅުނު އަންހެންވެރިންނަށް ޖުއުލިއާ ޓޮފާނާ ފަސޭހައްހައްލެއް ހޯދައިދިނެވެ. އަންހެންވެރިންގެ ހިތަށް ތަސައްލީއެއް ހޯދައިދިނީ ޖުލިއާ ޓޮފާނާގެ ޒަހަރު ކަމުގައިވާ މަޝްހޫރު އަކުއާ ޓޮފާނާއެވެ.ރަހައެއް ވަހެއް ކުލައެއްނުވާ މި ޒަހަރު ދިނުމުން މަޑުމަޑުން މީހާ ބަލިކަށިވަމުންގޮސް އެއްވެސް ޝައްކެއް ނުވާގޮތަށް މަދު ދުވަސްކޮޅެއްތެރޭ މީހާ މަރުވެއެވެ. ގާތް ގަޑަކަށް 50 އަހަރު ވަންދެން އެތަކެއް ހާސް ފިރިހެނުން ޓޮފާނާގެ ޒަހަރުން މަރުވިއިރު އެއްވެސް ބަޔަކަށް މިކަމުގެ ހިލަމެއްނުވެއެވެ. އެންމެފަހުން މިކަން ފަޅާއެރީ ސޫޕް ތައްޓަކަށް ވިހަލާފައި ކާންދޭން އުޅުނު އަންހެނެއްގެ ސަބަބުންނެވެ.
ހިތްދަތިކަމާއި މާޔޫސަ ކަމުގައި އުޅުން އަންހެނަކު އޭނާގެ ފިރިމީހާގެ ކިބައިން ސަލާމަތްވުމަށް ގަސުތުކޮށް ޖުއުލިއާގެ އަތުން ވިހަގަދަ ޒަހަރު ގަތެވެ. އަދި އޭނާގެ ފިރިމީހާގެ ކެއުމަށް ތައްޔާރުކުރި ސޫޕް ތަށީގެ ތެރެއަށް ވިހަ ޒަހަރު އެޅިއެވެ. ނަމަވެސަ އަންހެންމީހާގެ ހިތް އެކަމަށް ހިތްވަރެއް ނުދިނެވެ. އޭނާއަށް އޭނާގެ ފިރިމީހާ މަރާލާކަށް ނުކެރުނެވެ. އެހެންކަމުން ފިރިމީހާ ސޫޕް ބޯން ފެށުމުގެ ކުރިން އެކަން ހުއަޓުވިއެވެ. އެންމެފަހުން ފިރިމީހާއަށް ޝައްކުވެގެން އެތައް ސުވާލެއް ކުރުމުން ކަންހިނގައިދިޔަގިތް ކިޔައިދީފިއެވެ. އަދި ވިހަ އެކުލެވޭ ޒަހަރު ގަތީ ޖުލިއާ ޓޮފާނާގެ އަތުންކަމަށްވެސް ކިޔައިދީފިއެވެ. އެހާހިސާބުން ފިރިހެންމީހާ ރޯމްގެ ކަމާބެހޭ ފަރާތާއި އޭނާގެ އަންހެނުން ހަވާލުކުރިއެވެ. އެހާ ހިސާބުން ތަހުގީގުފެށި އެތަށްކެއް އަހަރެއް ވަންދެން ވިއްކަމުންއައި ޒަހަރު ފަޅާއެރީއެވެ. އަދި އެތަކެއް މަރެއްގެ ހަޤީގަށްވެސް ފަޅާއެރީއެވެ.
އެންމެފަހުނަ ތަޚްގީގު ކުރެވި 1659 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޖިއުލިއާ ޓޮފާނާއަށް މަރުގެ އަދަބު ރޯމުގެ މަގުބޫލު ތަނެއްކަމުގައިވާ ރޯމް ކެމްޕޯ ޑި ފިޔޯރީގައި ތަންފީޒް ކުރެޗުނެވެ. އެނާއެކު އޭނާގެ އަންހެން ދަރިފުޅާއި އެކަމުގައި އޭނާއަށް އެހީތެރިވެދިން ތިން މީހަކަށްވެސް މަރުގެ އަދަބު ދެވުނެވެ.

