އެއްރެޔަކު އަހަރެންގެ އަނބިމީހާ ކައިރީގައި ނިދަންއޮއްވާ އަހަރެންގެ ފޯނަށް ނޮޓިފިކޭޝަންއެއް އަޔެވެ. އަހަރެން ފޯނު ބަލައިލިއިރު ފޭސްބުކް އެކުވެރިޔަކަށް ވުމަށް އަހަންނަށް ރިކުއެސްޓް މިކުރީ އަންހެނެކެވެ. ފޮޓޯއަށް ބަލައިލިއިރު ޗާލު ރީތު ހޫރުޕަރީއެއްފަދަ އަންހެނެކެވެ. އޭނާ އެކުވެރިޔަކަށް ވުމަށް ފޭސްބުކް މެދުވެރިމޮށްފޮނުވި ދަޢުވަތު އަހަރެން ގަބޫލު ކުރީމެވެ. އަދި އޭނާއަށް އަހަރެން މެސެޖް ކުރީމެވެ" އަހަރުމެން ދެމީހުން އެކަކު އަނަކަކު ދަންނަންތޯއެވެ؟ ‘ އޭނާ ޖަވާބުގައި ބުނިއެވެ، ތިބާ ކައިވެނިކުރި ޚަބަރު ލިބުނެވެ، އަދި އަހަރެން އަދިވެސް ތިބާދެކެ ލޯބިވަމެވެ. އަންހެން ކުއްޖާއަކީ އަހަރެން ކުރިން ދަންނަ އެކުވެރި ކުއްޖެކެވެ.
އަންހެން ކުއްޖާގެ މެސެޖް ކިޔާލާފައި އަހަރެން އަހަރެންގެ އަނބިމީހާއަށް ބަލައިލީމެވެ. އޭނާއޮތީ ދުވާލު ހަތަރުދަމުގެ މަސައްކަތުގައި އުޅުމުން ވަރުބަލިކަމާއި އެކީ އަރާމު ނިދީގައި އަހަރެންނާއި އެކު އަހަރެންގެ އެެނދުގައި ނިދާފައެވެ. އަނބިމީހާގެ މޫނަށް ބަލައިލައިފައި އަހަރެންގެ ހިތަށް އެރިއެވެ، އޭނާގެ މައިންބަފައިންނާއި ދުރުގައި އަހަރެންގެ ހިޔާވަހިކަން ޤަބޫލުކޮށް އެކުގައި އުޅެން ނިންމީ އަހަންނަށް ނުހަނު އިތުބާރުކޮށްފައެވެ. އޭނާގެ ހުރިހާ ކަމެއްގެ ބައިވެރިޔަކަށް އިޚްތިޔާރުކުރީ އަހަރެންނެވެ. އެހެންވީމާ އަހަރެން އޭނާއަށް ބޭވަފާތެރިއަކަށް ނުވާނަމެވެ. އަހަރެންވާނީ ތެދުވެރި ވަފާތެރި ފިރިޔަކަށެވެ. މިހުރިހާ ކަމަކާއި ވިސްނާފައި ފޭސްބުކުއިން ރަޚްމަތްތެރިކަމަށް އެދިފޮނުވި ދަޢުވަތު އަހަރެން ޤަބޫލުނުކުރީމެވެ. އިތުރަށް އެއަންހެންމީހާއި ވާހަކަދައްކާކަށް އަހަރެން ބޭނުމެއްނުވިއެވެ. އަހަރެންގެ އަނބިމީހާ ގައިގައި ބައްދާލައިގެންއޮވެ އަހަރެން ނިދީއެވެ.
އެކުވެރިންނޭއެވެ. ރާއްޖޭގައި ކުރެވޭ ކައިވެނިތަކަށްވުރެ ވަރިވާ އަދަދު ގިނަވަނީ ބޭވަފާތެރިވުމުގެ ސަބަބުންނެވެ. ދަރިންލިބި ދެމަފިރިން ވަކިވުމަކީ ދަރިންނަށްދެވޭ ބޮޑު އަނިޔާއެކެވެ. އެހެންކަމުން އަނބިންނާއި ފިރިން ވާންވީ ވަފާތެރިންނަށެވެ.

