ކަޅުދިރިން ލިބޭ ސިއްހީ އެއް ފައިދާއަކީ ސެލް ބޮޑުވުން އިތުރުވާ ގޮތްތަކާއެކު ދިފާއީ ނިޒާމު ރަނގަޅު ކުރުމެވެ. މިއުނިކް ޔުނިވާސިޓީއާ ބެހޭ ގޮތުން އިންސްޓިޓިއުޓް އިމިއުނޮލޮޖީގެ ސްޕީޗް ޑިރެކްޓަރު، ވިދާޅުވީ ކަޅުދިރީގެ ބައެއް ބަޔޯރެގިއުލޭޓަރެއްގެ ގޮތުގައި ބޭނުންކުރެވޭނެ ކަމަށެވެ.
ކަޅުދިރިތެޔޮ ބޭނުންކޮށްގެން، ބުރަކަށި، އުނަގަނޑުގެ ރިހުންތަކަށް، ކަކުލުހުޅުގެ ތަދުތަކަށް، ނިދުމުގެ ކުރިން، ތަދުވާތަންތަނުގައި ކަޅުދިރި ތެލުގެ މަސާޖެއް ކުރެވިދާނެ އެވެ. ނުވަތަ ކަޅުދިރިން ލިބޭ ފައިދާ ލިބިގަތުމަށް ކޮންމެ ދުވަހަކު މާމުޔާއެކު ކަޅުދިރި އެއްކޮށްގެން ކާލެވިދާނެއެވެ.
އަދި މީގެއިތުރުން، އެންޓިބެކްޓީރިއަލް ބައެއް ލިބިފައިވާތީ، ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ސަބަބުން ގައިގެ ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށްވެސް މާމުޔާއެކުގައި ކަޅުދިރި ބޭނުންކުރެވެއެވެ. ކަޅުދިރީގެ ތެލާއި މާމުޔާއެކު ކާށިތެޔޮ އެއްކޮށްގެން،، ގައިގަ އުނގުޅުމުން ހަންގަނޑު މަޑުކޮށް އޮމާންކޮށްދެއެވެ. އަދި ރީތިކޮށްދީ ދުޅަހެޔޮކަންމަތީ ހަންގަނޑު ދަމަހައްޓާދެއެވެ.
ކޮންމެ އަށް ގަޑިއިރަކުން އަށްގަޑިއިރަކުން ކާ ބޭހެއްގެ ގޮތުގައި، މޭޒުމަތީ ސަމުސަލުގެ 1 ސައިސަމުސާ ކަޅުދިރި، 4 ހަފްތާ ވަންދެން، ކެއުމުން އެޕިލެޕްސީގެ އުނދަގޫ ޖެހޭ ކުދިންނަށް އެކަމަށް ލުޔެއް ލިއްބައިދޭނެ ކަމަށް ދިރާސާތަކުން ދައްކައެވެ. އަދި ހަމައެހެންމެ ހަމަމިގޮތަށް ކަޅުދިރި ބޭނުންކުރުމުން ކޮލެސްޓްރޯލް މަތިވުމަށް ވެސް ލުޔެއް ލިބިގެންދާނެކަމަށް އެދިރާސާއިން ދައްކައެވެ.
ކަޅުދިރިން ސިއްހީ ގޮތުން ލިބޭ ބައެއް ފައިދާ އަދި ބޭނުން ކުރާނެ ގޮތްތައް:-
1. ލޭމައްޗަށް ދިއުން ދަށްކޮށްދެއެވެ.
ފަންޑަމަންޓަލް އެންޑް ކްލިނިކަލް ފާމަކޯލޮޖީގައި ޝާއިއުކުރި ދިރާސާއަކުން ސާބިތުކޮށްދީފައިވަނީ 2 މަސް ދުވަހު ކަޅުދިރި ދުވާލަކު ބޭނުންކުރުމުން ހައިޕަރޓެންޝަން ހުންނަ ބަލިމީހުންގެ ލޭގެ ޕްރެޝަރު ދަށްކުރުމުގައި އެހީތެރިވެދެއެވެ.
އިތުރު ފައިދާއެއްގެ ގޮތުގައި ކަޅުދިރިން ލޯ ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑީއެލް ނުވަތަ "ނުބައި" ކޮލެސްޓްރޯލް) ގެ މިންވަރު ދަށްކޮށްދީ، ހިތުގެ ސިއްހަތު އިތުރުކުރުމަށް އެހީތެރިވެދެއެވެ.
ބޭނުންކުރާނެ ގޮތް:
ހައިޕަރޓެންޝަން ޖެހިއްޖެނަމަ ދުވާލަކު ދެފަހަރު މަތިން ، ނޫނީ އެކިފަހަރުމަތިން ވިޔަސް 100މިލިގްރާމަށްވުރެ ގިނަ، 200 މިލިގްރާމަށްވުރެ ދަށް، ކަޅުދިރި ކެއުން ނޫނީ ފުށަށްވާވަރަށް ހިމުންކޮށް ފެނުގައި ބުއިމަކަށް ބޭނުން ކުރެވިދާނެއެވެ.
2- ޓައިޕް 2ގެ ހަކުރުބަލި ކޮންޓްރޯލް ކުރެވެއެވެ.
ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވާން ފެށުމުން އެބައި، މަދުކުރުމާއި އިންސިއުލިން ރެސިސްޓެންސް ދަށްކުރުމުގެ އިތުރުން ގަވާއިދުން ކަޅުދިރި ކެއުމަކީ ޕެންކްރިއާސްގައި ބީޓާ ސެލްގެ މަސައްކަތް އިތުރުކޮށްދީ ހަކުރުބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ޓައިޕް 2ގެ ހަކުރުބަލީގެ ބަލިމީހުންނަށް ކަޅު ދިރިން ގްލައިސެމިކް ކޮންޓްރޯލް ކުރުމަށް ކުރާ އަސަރު ދިރާސާވެރިން ވަނީ ދިރާސާކޮށްފައެވެ.
ބޭނުން ކުރާނެ ގޮތް:
ކަޅު ސައިތަށްޓަކަށް 1⁄2 ސަމުސާ ކަޅު ދިރީގެ ތެޔޮ އަޅާށެވެ. ކޮންމެ ދުވަހަކު ހެނދުނު މި ބުއިން ބޭނުންކުރާށެވެ.

ކަޅުދިރިން ހަކުރުބަލި2ގެ މީހުންނަށް ފައިދާ ހުރި އެތައްކަމެއް ކުރެވޭ
3. ހަނދާން އިތުރުކޮށްދެއެވެ.
ކަޅުދިރި ބޭނުންކުރުމަކީ ހަނދާނާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ
ކަޅުދިރީގައި ހުންނަ އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމެޓަރީ، އަދި ނިއުރޯން ރައްކާތެރިކޮށްދޭ ސިފަތަކުގެ ސަބަބުން ހަނދާން ރަނގަޅުކޮށްދީ ސިކުނޑީގެ ސިއްހަތަށް ކުރިއެރުމެއް ލިބިގެންދެއެވެ.
ޖާނަލް އޮފް އެތްނޯފާމަކޯލޮޖީގައި ޝާއިއުކުރި 2013 ވަނަ އަހަރު ކުރި ފުރަތަމަ އިންސާނީ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު 500 މިލިގްރާމްގެ ދެ ކެޕްސޫލް ޕިއުރ ގްރައުންޑް ބްލެކް ސީޑް ޕައުޑަރ ބޯ މީހުން ޕްލޭސިބޯ ބޯ މީހުންނާ އަޅާބަލާއިރު ކޮގްނިޝަން، ހަނދާނާއި ސަމާލުކަން ރަނގަޅުވެފައިވެއެވެ.
ބޭނުން ކުރާނެ ގޮތް:
ދުވާލަކު ދެފަހަރު 1⁄2 ސައިސަމުސާ ގިރާފައިވާ ކަޅުދިރި ކެއުން ނުވަތަ ޑޮކްޓަރުގެ ލަފާ ހޯދުމަށްފަހު، ބުއިމަކަށް ސަޕްލިމެންޓެއް ހޯދާށެވެ
4. ނޭވާހިއްލުމަށް ފަރުވާ ދިނުން
ފައިޓޯމެޑިސިންގައި ޝާއިއުކުރި 2010 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކަޅުދިރީގެ ތެލުން ނޭވާހިއްލުން، ނޭވާލާ ނިޒާމަށް ޖެހޭ މައްސަލަތައް، ނޭވާ ހާސްވުން، ނޫނީ އެސްތުމާއަށް ލުޔެއް ލިބިދެއެވެ.
ކަޅުދިރީގެ ތެލުގައި ތައިމޮކުއިންއޯން ހިމެނޭތީ، ނޭވާހޮޅިއަށް ދިމާވާ މައްސަލަތަކާއި ނޭވާއަށް އުނދަގޫވުމާއި ނޭވާ ހިއްލުންފަދަ ނޭވާގެ މައްސަލަތަކަށް، ކަޅުދިރއަކީ ވަރަށްވެސް ރަނގަޅު ފަރުވާއެކެވެ.
އަދި މި ތެލަކީ މާގިނައިން މީޔުކަސް ސެކްރެޝަން ހުއްޓުވުމަށާއި ކަރުތެރެ ރިއްސުމާއި، ސީރިއަސް ސައިނަސައިޓިސް، އަދި ޓޮންސިލައިޓިސް އަށް ފަރުވާ ދިނުމުގައި ވެސް ފައިދާހުރި ތެލެކެވެ.
ބޭނުންކުރާނެ ގޮތް:
ހޫނު ފެން ތަށްޓަކަށް ކަޅުދިރީގެ ތެޔޮ ތިކިތަކެއް އަޅާށެވެ. ތުވާލިއަކުން ބޯ ނިވާކޮށްލުމަށްފަހު، ހޫނުކަޅުދިރިފެނުން 5 މިނެޓް ވަންދެން އާވިއަރުވާށެވެ. ބޭނުންވަރަކަށް ތަކުރާރު ކުރެވޭނެއެވެ.
ކަޅުދިރި ތެލުގެ ދެތިން ތިކި ރުމާލުގެ ކަނެއްތެންމާފައި ތަކުރާރުކޮށް އެ ވަސްގަންނާށެވެ.

ކަޅުދިރިން ނޭވާ ހިއްލުމަށް ވަރަށް ބޮޑު ލުޔެއް ލިއްބައިދޭ
5. ހަމުގެ ކުލަ ރީތިކޮށްދެއެވެ.
ކަޅު އޮށުގެ ތެޔޮ ގަވާއިދުން ބޭނުންކުރުމަކީ ހަމުގެ ކުލަ ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ އަނެއްކާވެސް އަވިން ލިބޭ ގެއްލުންތަކުން ހަންގަނޑު ރައްކާތެރިކޮށްދޭ ކަމެކެވެ.
މީގެ އިތުރުން އޭގައި ހިމެނޭ އެންޓިއޮކްސިޑެންޓް، އެންޓި-އިންފްލެމެޓަރީ، އަދި މޮއިސްޗަރައިޒިންގ ޕްރޮޕަޓީސްގެ ސަބަބުން ހަންގަނޑު ތާޒާކޮށް ހުރުމަށް އެހީތެރިވެދީ، ހަންގަނޑު ދުޅަހެޔޮކޮށްދީ އަލިކޮށްދެއެވެ.
ބޭނުން ކުރާނެ ގޮތް:
މި ތެޔޮ ސީދާ ހަންގަނޑުގައި މަސާޖު ކުރުމަށް ނުވަތަ ބުއިމުން ހަމުގެ ގުދުރަތީކުލައަލުން ސާފުކޮށް، އާދިރުމެއް އަލުން ހޯދައިގަނެވޭނެއެވެ.
6. އިސްތަށިގަނޑަށް ފަރުވާދެވެއެވެ.
ކަޅުދިރިތެޔޮ އުނގުޅުމަކީ އިސްތަށިގަނޑު ފޭބުމުން ދުރުކޮށްދީ، ގަދަފަދަވެ، އިސްތަށިތައް ގިނަވުމަށް ފަރުވާ ދިނުމުގައި އެހީތެރިވެދޭނެކަމެކެވެ.
ކަޅުދިރި ތެލުގައި ހުންނަ މޮއިސްޗަރައިޒިންބާވަތްތަކުގެ ސަބަބުން އިސްތަށިގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކޮށްދީ، އިސްތަށިގަނޑު ވަރުގަދަކޮށް ދިގުވުން އަވަސްކޮށްދީ، ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިދެއެވެ. ކަޅުދިރިތެލަކީ އިސްތަށިގަނޑު ފޭބުން ހުއްޓުވާ، ގަދަކުރުމަށް އެހީތެރިވެދޭ ވަރުގަދަ އެންޓިއޮކްސިޑެންޓް އަދި އެންޓިމައިކްރޮބިއަލް ބާވަތްތަކުގެ ސަބަބުން އިސްތަށިގަނޑުގެ ފޮލިކަލްތައް ވަރުގަދަކޮށްދީ، އިސްތަށިގަނޑުގެ ދިހުންގަދަކޮށް ވަރުގަދަކޮށްދެއެވެ.
މީގެ އިތުރުން އޭގެ އެންޓިފަންގަލް ޕްރޮޕަޓީގެ ސަބަބުން އިސްތަށިގަނޑުގައާއި ބޮލުގެ ތަލައިގަ ގިނަވާ އިންފެކްޝަންތަކުން ރައްކާތެރިވެވޭނެ އެވެ.
ބޭނުން ކުރާނެ ގޮތް:
ކަޅު އޮށުގެ ތެލާއި ޒައިތޫނި ތެޔޮ އެއްވަރަކަށް އެއްކޮށްލުމަށްފަހު މިކްސްޗަރ ހޫނުކޮށްލާށެވެ. އަދި ތަލައިގައާއި އިސްތަށިގަނޑު ބައިބަޔަށް ބަހާފައި ވަކިވަކިން ބައިތަކުގައި ރަނގަޅަށް އުނގުޅުމަށްފަހު، މަސާޖުވެސް ކުރުމަށްފހު 30 މިނެޓް ވަންދެން ބަހައްޓާށެވެ. އިސްތަށިގަނޑަށް ރަނގަޅަށް ދޮވެލާށެވެ. ހަފްތާއަކު ދެފަހަރު މިކަން ކުރާށެވެ.

ކަޅުދިރިން އިސްތަށިގަނޑު ވަރުގަދަކޮށްދީ، ފޭބުން ހުއްޓުވާ
7. ފުރަމޭގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
ކަޅުދިރީގެ ތެލުން ފުރަމޭގެ ސިއްހަތަށްވެސް ފައިދާކުރެއެވެ. ރަނގަޅަށް މަސައްކަތްކުރާ، ދުޅަހެޔޮ ގަދަފަދަ ފުރަމޭއަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ނައްތާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ބޭނުން ކުރާނެ ގޮތް:
ފުރަމޭގެ މަސައްކަތް ރަނގަޅުކޮށް، އޭގެ ގެއްލުން ހުއްޓުވުމަށްޓަކައި ކެެއުމުގައި ކަޅުދިރި ހިމަނާށެވެ.

