ތިނަދޫ ކައުނަސިލުން އިންތިޒާމް ކޮށްގެން ބާއްވާ އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ނިންމުމުގެ ރަސްމިއްޔާު މިރޭ އޮންނާނެއެވެ.
މިރަސްމިއްޔާތު ވެގެންދާނީ މިހާތަނަށް ތިނަދޫގައި ބޭއްވޭ އެންމެ ބޮޑު ހަރަކާތަށެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށް ތިނަދޫގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާފައިވާއިރު މިރޭގެ ރަސްމިއްޔާތުގެ ހާއްސަ ކަމަކީ ހަވާއެރުވުމެވެ. އެހެންކަމުން މިރަސްމިއްތު ބަލާލުމަށްޓަކައި ގިނަ އަދަދެއްގެ މީހުން މިރޭ ސްޓޭޑިޔަމަށް ދާނެއެވެ.

އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގައި 36 ޓީމް ބައިވެރިވެފައިވާއިރު ބައިވެރިންގެ އިތުރުން އެކުދިންގެ އާއިލާގެ މީހުންނާއި ބެލެނެވެރިން އަދި ޓީމުގެ އޮފިޝަލުންވެސް މިރަސްމިއްޔާތުގައި ބައިވެރިވާނެއެވެ.
މީގެއިތުރުން މިރޭގެ ރަސްމިއްޔާތަށް އަތޮޅުތެރެއިން ގިނައަދަދެއްގެ މީހުން ދަނީ ތިނަދޫއަށް ޒިޔާރަތް ކުރަމުންނެވެ.
މޯލްޑިވްސް އެތުލެޓިކްސް އެސޯސިއޭޝަންގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ގދ ތިނަދޫ ސްޓޭޑިއަމް ގައި ކުރިޔަށް ގެންދާ އެތުލެޓިކްސް މުބާރާތްތުގެ ހުރިހާ އިވެންޓެއް (ހެނދުނާއި ހަވީރު އަދި ރޭގަނޑުގެ އިވެންޓްތައް) ވެސް މުބާރާތް ނިމެންދެން އިވެންޓު ކާސްޓް އިން ތިނަދޫ ކައުންސިލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ދަނީ ކުރިޔަށް ގެންދަމުންނެވެ.
ހަމައެއާއެކު މިރޭ ބޭއްވޭ އެންމެ ބޮޑު އެއްވުން ކަމަށްވާ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުވެސް އިވެންޓު ކާސްޓުން ލައިވްކޮށް ދައްކާނެއެވެ. އެހެންކަމުން ތިނަދޫއަށް ނާދެވުނު ކަމުގައިވިޔަސް ރާއްޖޭގެ އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް މިރޭގެ އިވެންޓު ބަލާލުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
ގދ ތިނަދޫ އިން ވަރަށް ކުލަ ގަދަ ކޮށް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް 13 ވަނަ މުބާރާތު ނިންމުމުގެ ރަސްމިއްޔާތަށް ތިނަދޫ ސްޓޭޑިއަމް ވަނީ ވަރަށް ބޮޑަށް ތައްޔާރު ކޮށްފައެވެ.

