އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގެ ރަނންވަނަތައް ތިނަދޫ ސްކޫލް، ޏ.އެޓޯލް އެޑިއުކޭޝަން ސެންޓަރ އަދި ބްލެކް މާލިން ހޯދައިފިއެވެ.
ތިނަދޫ ކައުނަސިލުން އިންތިޒާމް ކޮށްގެން އޮކްޓޯބަރ 23 އިން 27 އަށް ގދ.ތިނަދޫގައި ބޭއްވި އެސްޓީއޯ މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގައި ޓީމްތަކުން ހޯދި ކާމިޔާބުތަކަށް ބަލާލާއިރު:
13 އަހަރުން ދަށް
- ފިއެސްޓާ ކެޓަގަރީ ފިރިހެން ޗެމްޕިއަން ޓީމް ތިނަދޫ ސްކޫލް
- ފިއެސްޓާ ކެޓަގަރީ އަންހެން ޗެމްޕިއަން ޓީމް ދަ ބްލެކް މާލިން
- ފިރިހެން 2 ވަނަ ޓީމް މުހައްމަދު ޖަމާލުއްދީން ސްކޫލް
- އަންހެން 2 ވަނަ ޓީމް މުހައްމަދު ޖަމާލުއްދީން ސްކޫލް
- ފިރިހެން 3 ވަނަ ޓީމް ސ އަތޮޅު މަދަރުސާ
- އަންހެން 3 ވަނަ ޓީމް އަބޫބަކުރު ސްކޫލް
15 އަހަރުން ދަށް
- ފިރިހެން ޗެމްޕިއަން ޓީމް ގދ.އަތޮޅު ތައުލީމީ މަރުކަޒު
- އެންމެ މޮޅު ފިރިހެން އެތުލީޓަކީ އަހުމަދު ނޫހު އަލީ، ޏ އަތޮޅު ތައުލީމީ މަރުކަޒު
- އަންހެން ޗެމްޕިއަން ޓީމް ޝަރަފުއްދީން ސްކޫލް
- އެންމެ މޮޅު އަންހެން އެތުލީޓަކީ އާސިޔަތު އަކްމާ ރަޝީދު، ޝަރަފުއްދީން ސްކޫލް
17 އަހަރުން ދަށް
- ފިރިހެން ޗެމްޕިއަން ޓީމް ޏ އަތޮޅު ތައުލީމީ މަރުކަޒު
- އެންމެ މޮޅު ފިރިހެން އެތުލީޓް އަހުމަދު ރިޝާން، ޝާއިން ސްޕޯޓްސް
- އަންހެން ޗެމްޕިއަން ޓީމް ޝަރަފުއްދީން ސްކޫލް
- އެންމެ މޮޅު އަންހެން އެތުލީޓް އަހުނާ ނިޒާރު، ދަ ބްލެކްވާނީ
19 އަހަރުން ދަށް
- ފިރިހެން ޗެމްޕިއަން ޓީމް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް
- އެންމެ މޮޅު ފިރިހެން އެތުލީޓް އަހުމަދު ވިސާމް، ސާއިދު ސްޕޯޓްސް
- އަންހެން ޗެމްޕިއަން ޓީމް ޏ އަތޮޅު ތައުލީމީ މަރުކަޒު
- އެންމެ މޮޅު އަންހެން އެތުލީޓުން މަރިޔަމް ރޫޔާ ރަޝީދު، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް
މުޅި މުބާރާތުގެ ވަނަތަކަށް ބާލާލާއިރު:
- މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓް އަހުނާ ނިޒާރު، ދަ ބްލެކްވާނީ
- މުޅި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓް އަހުމަދު ރިޝާން، ޝާއިން ސްޕޯޓްސް
- މުޅި މުބާރާތުގެ އަންހެން ޗެމްޕިއަން ޓީމް ޏ އަތޮޅު ތައުލީމީ މަރުކަޒު
- މުޅި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމް ޏ އަތޮޅު ތައުލީމީ މަރުކަޒު
މިމުބާރާތުގައި މިއަހަރު 36 ޓީމަކުން 1057 އެތްލީޓުން ވާދަކޮށްފައިވެއެވެ. ހާއްސަ ވަނަތައް ހޯދި ދަރިވަރުންނަށް ތައްޓާއި، މެޑަލް ހަވާލުކޮށް ދިނީ ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ، ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ، ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ އަލީ، މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރ އަހުމަދު ރާޝިދު، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތަލާލް، ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން އަހުމަދު މުޖާހިދުގެ އިތުރުން އެސްޓީއޯ ތިނަދޫ ފިހާރަ ހިންގުުމާއި ހަވާލުވެ ހުންނެވި މުހައްމަދު ނިޒާމްއެވެ.
މިރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރުއެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއރ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއަރ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.

