ގޮތް ނޭގޭ އާދަޔާ ޚިލާފް އެއްޗެއް ކުޑަހުވަދޫ މަތިން ފެނިއްޖެ

ދ.ކުޑަހުވަދޫ މަތިން ގޮތްނޭގޭ އާދަޔާއި ޚިލާފް އެއްޗެއް މިރޭ ދަތުރުކޮށްފިއެވެ.
ފޭސްބުކް ޕޭޖެއް ކަމަށްވާ "ޔުނައިޓެޑް ކުޑަހުވަދޫ" ގައި ދައުރުވަމުންދާ ވީޑިޔޯއަކުން ފެންނަ ގޮތުގައި ކުޑަކުޑަ ތަރިތަކެއް ގޮތައް ހުރި އަލިކޮޅުތަކެއް މަތިން ދަތުރުކުރަމުންދެއެވެ. މިވީޑިޔޯ ހިއްސާ ކުރަމުން އެޕޭޖުގައި ބުނެފައިވަނީ އެއީ ޖެޓެއް އަދި ގިނިހިލައެއް ވެސް ނޫން ކަމަށް މަންޒަރުދުށް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.
އަދިހަމައެއާއެކު 10 ނޫނީ 15 ވަރަކަށް ސިކުންތު ފަހުން އެއަލިކޮޅުތައް ވަނީ ގެއްލިފައި ކަމަށާއި ދުވަހަކުވެސް އެފަދަ މަންޒަރެއް ފެނިފައިނުވާ ކަމަށް އެވަގުތު އެރަށު "އަށިފަންނު" ސަރަހައްދުގައި ގާޑިޔާ ކައިރީގައި ތިބި މީހުން ވަނީ ބުނެފައެވެ.
މިޕޯސްޓަށް ކޮމެންޓު ކުރަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ އެލަން މަސްކުގެ ސްޓާލިންކު ސެޓެލައިޓްތަކެއް ކަމަށެވެ. އެހެންނަމަވެސް އެޕޯސްޓުގައި ބުނެފައިވަނީ އެއީ ސެޓެލައިޓްތަކެއް ނޫން ކަމަށާއި އެއްވެސް ކަހަލަ އަޑެއް މަންޒަރު ދުށް ފަރާތްތަކަށް އިވިފައި ނުވާކަމަށެވެ.
