އިރުބެއެކެޑަމީއިން މުއައްޒަފުން ހަރުދަނާކޮށް ފެންވަރުރަނގަޅުކުރުމަށް ތަމްރީނުދޭ ޚާއްޞަ ވޯކްޝޮޕެއް ފަށަނީ
އިރުބެ އެކެޑަމީއިން، ސަރުކާރުގެ މުއައްސަސާތަކުގެ ވަޒީފާތަކުގައާއި އެހެނިހެން އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ނޫނީ ވިޔަފާރިތަކުގަ އަދި އެހެނިހެންވެސް އެކިކަހަލަ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ހަރުނާކޮށް، ކަސްޓަމަރުންނަށް ދޭންޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް މުއާމަލާތް ކުރުމުގެ އަދަބުތަކާއި އެހެނިހެންވެސް ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމަށް ތަމްރީނުކޮށްދޭ ވަރަށް ޚާއްޞަ ވޯކްޝޮޕެއް އިޢުލާންކޮށްފިއެވެ.
ތަރައްގީގެ ކުލަޖެހި، ތަހުޒީބުވެ ކުރިއަރަމުންދާ މިދުވަސްވަރަކީ، ތަފާތު އެކިކަހަލަ ޚިދުމަތްތައް ދޭ ފަރާތްތައް ގިނަވެފައި، އެފަރާތްތަކުގެ މުވައްޒަފުންނަށް، ޚިދުމަތް ލިބިގަންނަ އެކިކަހަލަ މިޒާޖުގެ ތަފާތު ފެންވަރުގެ ކަސްޓަމަރުންނާ ކުރިމަތިލާންޖެހޭ ޒަމާނެކެވެ. ހަމައެހެންމެ ކޮންމެ ވިޔަފާރިއެއްވެސް ނުވަތަ ކޮންމެ ކަހަލަ ޚިދުމަތެއްވެސް މަގުބޫލުވެ، ކުރިއަރައިގެން ދިއުމުގެ އެންމެ ބޮޑު ދައުރަކީ އެޚިދުމަތެއް ލިބިގަންނަ ކަސްޓަމަރުން ރުހިގަބޫލުވުމާއި އެފަރާތްތަކުގެ ހިތް އެޚިދުމަތްދޭ ފަރާތްތަކަށް ލެބި، ދެފަރާތުގެ ގުޅުމާއި މުއާމަލާތުގެ ފެންވަރު ރަނގަޅުވުން ކަމަށްވާއިރު، މިފެންވަރު ހުންނަން ޖެހޭ ބަޔަކީ އެޚިދުމަތެއްދޭން ތިބޭ މުވައްޒަފުން ކަމާމެދު ޝައްކެއް ނެތެވެ. އިރުބެ އެކެޑަމީއިން މިފަދަ މުވައްޒަފުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާކުރުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު މިވޯކްޝޮޕް ނިމިގެންދާއިރު ތިރީގައި މިދަންނަވާ ކަންތައްތަކަށް އެންމެ ގާބިލު ފަރާތްތަކަށް ވޯކްޝޮޕްގެ ބައިވެރިން ވާނެކަން ޔަގީނެވެ.
- ކަސްޓަމަރުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން
- ކަސްޓަމަރުން ހިތްހަމަ ޖައްސާފައި ބަހައްޓަން ދަސްވުން
- މުވައްޒަފުންނާއި ކަސްޓަމަރުންނާ ވާހަކަ ދައްކާ ފެންވަރު ރަނގަޅުކުރުން
- މުވައްޒަފުންގެ ސްޓްރެސް މެނޭޖްކުރަން ދަސްވުން
- މުވައްޒަފުން ހަރުދަނާވުން
މި ވޯކްޝޮޕަކީ ވަޒީފާތަކުގައި އުޅޭ މުވައްޒަފުން، ކޮންމެހެންވެސް ކަސްޓަމަރުންނާ މެދުގައި އަމަލުތައް ބަހައްޓަން ވީގޮތް ދަސްކޮށްދީ ނުވަތަ މުއާމަލާތްކުރުމާއި ޚިދުމަތްދިނުމުގެ ހުނަރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރުމަށް ދަސްކޮށްދީ، އަމަލީގޮތުން މިކަމުގެ ތެރެއަށް ވެއްދުމަށްޓަކައި އިރުބެ އެކެޑަމީއިން ކުރިއަށް ގެންދާ އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެކެވެ.
މި ތަމްރީނުޕްރޮގްރާމްގެ ފީއަކީ ޖުމުލަ -/850 ރުފިޔާއެވެ.
ވޯކްޝޮޕް ކުރިއަށް ދާނީ ރޭގަނޑުއެވެ. ކުލާހަކަށް އެގަޑީގައި ހާޒިރުނުވެވޭ ބޭފުޅުންނަށް ރިކޯޑިން ލިބިގެން ދާނެއެވެ.
ވޯކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް، ރަޖިސްޓްރީވުމަށް އިރުބެ އެކަޑަމީގެ ވައިބާރ ކޮމިޔުނިޓީއަށް ޖޮއިންވެ އެ ކޮމިޔުނިޓީއިން ރަޖިސްޓްރީ ފޯމް އޮންލައިންކޮށް ހުށަހަޅުއްވާށެވެ.

