މިމަހުގެ 27 އިން 29 އަށް ގއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި” އުތުރު ހުވަދޫ” ޤުރުއާން މުބާރާތުގައި ގއ.އަތޮޅުގެ 9 ސުކޫލަކުން ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީސްޓޭޖް 5 އާއި ހަމައަށް މިމުބާރާތުގައި ދަރިވަރުން ބައިވެރި ވެފައިވާ ކަން ފާހަގަ ކޮށްލެވެއެވެ . ސްކޫލް ތަކާއި ޤުރުއާން ކްލާސް ތަކަށް ހުޅުވާލައިގެން ގއ ވިލިނގިލީގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި ޖުމުލަ 167 ކުދިން ބައިވެރިވެފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފީގައި 134 ދަރިވަރުންނާއި، ހިތުން ކިޔެވުމުގެ ގޮފީގައި 33 ދަރިވަރުން ބައިވެރިވިއެވެ.
ރޭ ނިމިގެން ދިޔަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތް ޝަރަފްވެރިކޮށްދެއްވީ ޑރ. މުޙައްމަދު ޝަޙީމް ޢަލީޞައީދު އެވެ. ގއ އަތޮޅު ކައުންސިލްގެ ރައީސް ގެ އިތުރުން އަތޮޅު ކައުންސިލްގެ މެންދުރުން ބައިވެވެރި މި މުބާރާތުގެ އިނާމު ދިނުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ގއ.އަތޮޅު ކައުންސިލްގެ އިދާރާގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންވެސް ވަނީ ފައިސާގެ އިނާމް ހުށަހަޅާފައެވެ.
ގއ.އަތޮޅުކައުންސިލުން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލެވިފައިވާ
އުތުރު ހުވަދޫ ޤުރުއާން މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން
1 ވަނަ ދަރިވަރުންނަކީ އައިޝަތު ޔޫލީ ބިންތި ލުޤްމާން، ވަލުތެރޭގެ، ގއ.ގެމަނަފުށި / ގެމަނަފުށީ ސުކޫލް އަދި ޔޫސުފް ނީކަން މުސްތަފާ ،ހިލިހިލާގެ،ގއ.ދެއްވަދޫ / ސުލްތާން މުޙައްމަދު ސުކޫލް.
2 ވަނަ ދަރިވަރު – އާމިނަތު ޔުމްޝާ މުޙައްމަދު މޫސާ، ނޫވިލް، ގއ. ކަނޑުހުޅުދޫ / ކަނޑުހުޅުދޫ ސުކޫލް.
3 ވަނަ ދަރިވަރު – ސުމައްޔާ ބިންތި ސަފްވަތުﷲ ، ގުލްދަސްތާގެ، ގއ.ގެމަނަފުށި / ގެމަނަފުށީ ސުކޫލް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން
1 ވަނަ ދަރިވަރު – އަޙްމަދު އީމް ރަމީޒް،އޮނި،ގއ.ވިލިނގިލި / ގ ގއ.އަތޮޅު ތައުލީމީ މަރުކަޒް
2 ވަނަ ދަރިވަރު – ޢާއިޝަތު އީނާލް ހަސަން ، އަޅިވިޅާގެ،ގއ.މާމެންދޫ / ގއ.މާމެންދޫ ސްކޫލް
3 ވަނަ ދަރިވަރު – ފާތިމަތު ސާރާ އަޙްމަދު ، އިތާ ، ގއ.ކޮލަމާފުށި / ގއ.އަތޮޅު މަދަރުސާ
3 ވަނަ ދަރިވަރު – އަލީ މާލިކް މަޖީދު، ރީނދޫމާގެ، ގއ.ކަނޑުހުޅުދޫ / ގއ. ކަނޑުހުޅުދޫ ސްކޫލް
މުޅި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން
1 ވަނަ ސުކޫލް / ކަނޑުހުޅުދޫ ސުކޫލް
2ވަނަ ސުކޫލް / ގއ.އަތޮޅު ތައުލީމީ މަރުކަޒު
3ވަނަ ސުކޫލް / ސުލްތާން މުޙައްމަދު ސުކޫލް
މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފި
1ވަނަ ސުކޫލް / ގެމަނަފުށީ ސުކޫލް
2ވަނަ ސުކޫލް / މާމެންދޫ ސުކޫލް
3ވަނަ ސުކޫލް / ގއ.އަތޮޅު ތައުލީމީ މަރުކަޒު
ގއ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި އުތުރު ހުވަދޫ ޤުރުއާން މުބާރާތް 2022 ގައި ބައިވެރިވި ސުކޫލްތަކަކީ:
– ގއ. އަތޮޅު މަދުރަސާ
– ގއ.އަތޮޅު ތައުލީމީ މަރުކަޒު
– މާމެންދޫ ސުކޫލް
– ނިލަންދޫ ސުކޫލް
– ދާންދޫ ސުކޫލް
– ސުލްތާން މުޙައްމަދު ސުކޫލް
– ކޮނޑޭ ސުކޫލް
– ގެމަނަފުށީ ސުކޫލް
– ކަނޑުހުޅުދޫ ސުކޫލް
މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި، ބެލެނެވެރިންނާއި، އަދި އޮފިޝަލުންނަށް ގއ. ވިލިނގިލިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

