އެމްޑަބްލިއުއެސްސީން “އާރޯ” ގެ ނަމުގައި އާ ވައްތަރެއްގެ ފެންފުޅިއެއް ތައާރަފްކޮށްފިއެވެ.
މިސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެއްފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ޕްލާސްޓިކް މަދުކުރުމަށް ކުރާ މަސައްކަތަށް ބާރުއެޅުމުގެ ގޮތުން އެމްޑަބްލިއުއެސްސީން އަލަށް ތައާރްފްކުރި މިފެންފުޅިއަކީ ބިއްލޫރިން އުފައްދާފައިވާ ފުޅިއެކެވެ.
ރޭ ކްރޮސްރޯޑްސްގައި ބޭއްވި ރަސްމިއްޔާތެއްގައި “އާރޯ” ބްރޭންޑުގެ ފެންފުޅި ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއެވެ.
އެކުންފުނިން ބުނާގޮތުގައި މިއީ ސިލްސިލާ ގޮތެއްގައި އެކުންފުނިން ނެރެން ހަމަޖެހިފައިބާ ބްރޭންޑުގެ ފެންފުޅިއެކެވެ. އަދި މިއިން ކޮންމެ ސިލްސިލާއެއްގެ ފުޅިތަކުގެ ބޭރުގައި ހުންނަ ލޭބަލަކީ ރާއްޖެ ތަމްސީލްކުރާގޮތަށް ޑިޒައިންކޮށްފައިވާނެ ލޭބަލެއްކަމަށް އެކުންފުނިން ބުނެއެވެ. މި ބްރޭންޑަށް ކިޔަނީ “މޯލްޑިވްސް އިން އަ ބޮޓަލް”ކަމަށް އެކުންފުނިން ބުނެއެވެ.

