މުދަލާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ގދ.ފަރެސްމާތޮނޑާ ކައިރިން ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާލެއިން ފުރައިގެން ފަރެސްމާތޮނޑާގައި ޖެއްސުމަށްފަހު އައްޑޫއަށް ދަތުރުކުރަމުން ދިޔަ “ލިއޯ ސަކްސެސް” ނަމަކަށް ކިޔާ ބޯޓު ދާދި ދެންމެޔަކު ބަންޑުން ޖަހާލައިފިއެވެ.
މިބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާއިރު މިވަގުތު ކުރަމުންދަނީ ބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމުގެ މަސައްކަތެވެ.
ގެއްލިގެން ހޯދަމުން ދަނީ ބިދޭސީ މީހެކެވެ. ބޯޓުން ދަތުރުކުރަމުން ގެންދިޔައީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.

