ގދ.ތިނަދޫގައި ދާދި ދެންމެއަކު ދެސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފި އެވެ.
މިއެކްސިޑެންޓުގައި އަނިޔާވީ މީހުންނަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މައުލޫމާތު ލިބުނު ގޮތުގައި މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން އަންހެނަކާއި ފިރިހެނަކަށެވެ. އޭގެތެރެއިން އެކަކީ އިސްލާމިކް ބޭންކުގައި މަސައްކަތް ކުރާ އާތިކާ ނަމަކަށް ކިޔާ އަންހެނެކެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

